ފެން މީޓަރުން ނަގަމުން އައި 30 ރުފިޔާގެ ފީ، ފެނަކައިން ކަނޑައިދީފި

ފެން މީޓަރުން ނަގަމުން އައި 30 ރުފިޔާގެ ފީ، ފެނަކަ ކޯޕަރޭޝަނުން ކަނޑައިދީފިއެވެ
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ، ފެން މީޓަރުން ނަގަމުން އައި 30 ރުފިޔާ މައާފް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނިންމެވުމެއް ކަމަށެވެ.
އެހެންކަމުން އިއްޔެއިން ފެށިގެން އެ ފީ ނުނަންގަވާނެކަމަށް ސައީދު އިއްޔެ އައްޑޫގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ. ފެން މީޓަރުން ނަގަމުން އައި 30ރުފިޔާ ނެގުން ހުއްޓައިލުމަށް 2019 ވަނަ އަހަރުން ފެށިގެން މަޝްވަރާ ކުރަމުން އައިސްފައިވާ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.
އައްޑޫސިޓީގެ ހުރިހާ އަވަށަކަށް ފެނުގެ ޚިދުމަތް ދެމުން އަންނަނީ ފެނަކައިންނެވެ.
ފެން މީޓަރުން ނަގަމުން އައި ފީ މައާފު ކޮށްދީފައިވާއިރު، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ވެރިންގެ އިތުރުން އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް މިދުވަސްވަރު އައްޑޫއަށް ވަޑައިގެން ގެންދަވަނީ ބައެއް މަޝްރޫޢުތައް ފައްޓަވައިދެމުންނެވެ.