ޚަބަރު

ބައިނަލްއަޤްވާމީ ކޮވިޑް ވެކްސިން ކެމްޕޭނުގައި ރާއްޖެއަށް 3 ވަނަ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ވެކްސިން ޖެހުމަށްފަހު މަވެސް ޖަހައިފިން ބޯޑާ އެކީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުމަށް ގައުމުތަކުން ހިންގަމުން އަންނަ ކެމްޕެއިނުތަކުގައި، އާބާދީގެ ނިސްބަތުން އެންމެ ގިނައިން ވެކްސިން ޖެހި ގައުމުތަކުގެ ލިސްޓުގެ 3 ވަނައިގައި ރާއްޖޭގެ ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް "ދިފާއު" ހިމެނިއްޖެއެވެ.

Ads by Hajj Corporation

ދުނިޔޭގެ އެކި ގައުމުތަކުގައި ވެކްސިންގެ ތަފާސް ހިސާބުތައް އާންމުކޮށްގެން "ބްލޫމްބާގް" އިން އާންމު ކުރަމުން އަންނަ ލިސްޓުގެ އެއްވަނައިން ޖާގަ ހޯދާފައި ވަނީ ޖިބްރާލްޓާއެވެ. އެގައުމުން ވަނީ އާބާދީގެ  89.6 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ލިސްޓުގެ ދެވަނައިގައި އޮތީ އެގައުމުގެ އާބާދީގެ 53.2 އިންސައްތައަށް ވެކްސިން ޖެހި ސީޝެލްސްއެވެ. ސީޝެލްސް އިން ވަނީ މިހާތަނަށް އާބާދީގެ 39.2 އިންސައްތަ މީހުންނަށް ވެކްސިނުގެ ދެވަނަ ޑޯޒް ވެސް ޖަހާފައެވެ.

މި ލިސްޓުގެ ތިން ވަނައިގައި ރާއްޖެ އޮތް ހިމެނިފައިވަނީ ގައުމުގެ އާބާދީގެ 65.5 އިންސައްތައަށް ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަައިގެންނެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހަންފަށާފައި ވަނީ ހޮނިހިރު ދުވަހަށް ކަމަށްވުމާއެކު މިހާތަނަށް ދެވަނަ ޑޯޒް ޖަހައިފައި ވަނީ އާބާދީގެ 0.5 އިންސައްތަ މީހުންނެވެ.

މިހައިތަނަށް ރާއްޖެއިން 243،749 މީހުން ވަނީ ވެކްސިން ޖަހައި ކޮވިޑް-19 އިން "ދިފާއުވެފަ"އެވެ. އަދި 1،149 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!