ޚަބަރު

ފުޅާ ދާއިރާއެއްގައި އިންތިހާބު މޮނީޓާ ކުރުމުގެ ބާރު ފުރަތަމަ ފަހަރަށް އެޗްއާރްސީއެމްއަަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފުޅާ ދާއިރާއެއްގައި އިންތިހާބު މޮނިޓާކުރުމުގެ ބާރު ފުރަތަމަ ފަހަރަށް ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށް ލިބިއްޖެއެވެ.

Ads by Hajj Corporation

އަމިއްލަ ނަމުގައި އިންތިޚާބު މޮނިޓާކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ލިބިފައިވާކަން ހާމަ ކުރައްވަމުން އެޗްއާރްސީއެމުން ވިދާޅުވީ މިއީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ ހައްގުތަކަށް ދެއްވާ އަހަންމިއްޔަތުކަމާ އެކޮމިޝަނާއެކު އޮންނަ ގާތް ގުޅުން އަންގައިދޭ ކަމެއް ކަމަށެވެ.

މީގެ ކުރިން އެޗްއާރްސީއެމަށް ހުއްދަ ދެއްވާފައި ވަނީ އިންޑިވިޖުއަލް އޮބްޒަވާ ކެޓަގަރީންއިން އެކަނި މޮނިޓާ ކުރުމުގެ ބާރެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަނުން ބުނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް އެގޮތަށް އޮތުމުން ގިނަ ހުރަސްތަކެއް ހުންނަ ކަމަށާއި، އެ ކެޓަގަރީގައި ވަކި ލިމިޓޭޝަންތަކެއް ވެސް ހުންނަ ކަމަށެވެ.

ނަމަވެސް މިހާރު ލިބިގެން ދިޔައީ އެންމެ ފުޅާ ދާއިރާއެއްގައި އިންތިހާބު މޮނިޓާކުރުމުގެ ފުރިހަމަ އިހްތިޔާރާއި ބާރުކަން ވެސް އެ ކޮމިޝަނުން ފާހަގަ ކުރައްވައިފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!