އުރީދޫ މޫލީއިން އެޕަލް ބްރޭންޑްގެ އެންމެ ފަހުގެ ޕްރޮޑަކްޓުތަކަށް މިހާރު ޕްރީއޯޑަރ ކޮށްލެވޭނެ

އީ ކޮމަރސް ޕްލެޓްފޯރމް އުރީދޫ މޫލީއިން އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއަރ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލައިފިއެވެ.
މޫލީ ޕްލެޓްފޯރމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ މި ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ދެއްކޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
މީގެ އިތުރުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވަރ ވެސް ކޮށްލަދޭނެއެވެ.
މޫލީ ޓީމުން ވިދާޅުވީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއަރ ޕްރީ އޯޑަރއަށް ނަންގަވާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވަރ ކުރެވިގެންދާނެ ކަމަށެވެ.
އުރީދޫ މޫލީއިން 256 ޖީބީގެ އައިޕެޑްޕްރޯ 12.9 އެއް ވިއްކަނީ 22،299 ރުފިޔާއަށެވެ. އަދި 512ޖީބީ ގެ މެކްބުކް އެއާރ 13 އެއް 22،599 ރުފިޔާއަށް ވިއްކާއިރު، 215 ޖީބީގެ މެކްބުކްޕްރޯ އެއް ވިއްކަނީ 32،199.01 ރުފިޔާއަށެވެ.

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތް ވެސް މޫލީއިން ފޯރުކޮށްދެއެވެ.
މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ.
މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިން ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.
އިތުރު ފަރާތްތަކުން މޫލީއާ ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރު ކޮށްދިނުމަށް ތައްޔާރު ވެގެންނެވެ.