ޚަބަރު

ޢަލީ ވަޙީދު އުޅޭ އެޑެރެހެއް ހޯދާ މާދަމާ އަންގަން ޕީޖީއަށް ހައިކޯޓުން އަމުރެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޢަލީ ވަޙީދު އުޅޭ އެޑްރެހެއް ސާފުކޮށް މާދަމާ 14:00 ގެ ކުރިން ކޯޓަށް ހުށައެޅުމަށް ޕީޖީ އޮފީހުގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

Ads by Sosun Fihaara

ކޯޓުން މިގޮތަށް އަމުރު ކޮށްފައި ވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފުކުރުމުން އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

ޝަރީއަތް ފެށުމަށް ފަހު ފަނޑިޔާރު ފައިސަލް ވަނީ ޗިޓް ހަވާލުކުރުމަށް ހައި ކޯޓުން ކުރި މަސައްކަތްތައް ދައުލަތާ ހިއްސާ ކޮށްފައެވެ. އެ ގޮތުން އެޑްރެހަށް ގޮސް، އެކަން ނުކުރެވުމުން ދައުލަތުން ފޯރު ކޮށްދީފައިވާ މެއިލް އެޑްރެހަށް ވެސް ޗިޓް ފޮނުވިކަމަށް ފަނޑިޔާރު ވިިދާޅުވިއެވެ. އެހެންކަމުން ޗިޓް ރައްދުވިކަން ކަށަވަރު ނުކުރެވުނު ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އަލީ ވަހީދު ޓްއަރިޒަމް މިނިސްޓަރުކަމަށް ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް 7 ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށައިފައި ވަނިކޮށް އޭނާ ވަނީ ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައެވެ.

ޕިޖީ އޮފީހުން ބުނީ 4 މަސްދުވަހުގެ ތެރޭގައި ޢަލީ ވަޙީދު އެނބުރި އައިސްފައި ނުވާނަމަ، އޭނާގެ މައްޗަށާއި، ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!