ތިބާ އަހަރެން ދެކެ ފޫހި ވާނަމަ، އަހަރެންނާ ގަޔާވާ ކަމަށް ހެދިގެން ނޫޅޭށެވެ.
އެކްޓް ކުރުމަކީ ހަމައެކަނި ޑްރާމާ ސީރީޒްތަކުން ފެންނަ އެކްޓަރުންނާއި އެކްޓްރެސުންގެ ކިބައިގައި ހުންނަ ހުނަރެއް ނޫނެވެ. ދިރިއުޅުމުގައި ވެސް ފިލްމު ކުޅޭ މީހުން މަދެއް ނޫނެވެ. ތިބާގެ ގާތުގައި ތިބާ ވަރެއް ނެތިގެން އުޅެފައި އެހެން މީހުންގެ ގާތަށް ގޮސް ތިބާގެ ގޮސް ވާހަކަ ދައްކާ މީހުން އުޅޭ ކަން ވެސް ހަނދާން ބަހައްޓާށެވެ.
އެއް ކަމެއް ހަނދާނުގައި ބަހައްޓާށެވެ. މި ޒަމާނުގައި އުޅޭ ގިނަ މީހުން އަނެކާއަށް ހެޔޮ ގޮތެއް ވުމަކަށް ނޭދޭނެއެވެ. އެއީ ކިތަންމެ ގާތް ރަހުމަތްތެރިއެއް ކަމުގައި ވިޔަސް މެއެވެ. އެހެންކަމުން އެކަކަށް ވެސް މި ޒަމާނުގައި އިތުބާރު ކުރުމަކީ މާ ބުއްދިވެރި ގޮތެއް ނޫނެވެ. އެއީ ދުނިޔެ ދައްކާ ހަގީގަތްތަކުގެ ސަބަބުންނެވެ.
ތިބާގެ އެކުވެރިންގެ ގާތުގައި ވަރަށް ސާފު ބަހުން ބުނަން ޖެހޭ ވާހަކައެއް އެބައޮތެވެ. އެއީ އެމީހުން ތިބާއާ ގަޔާ ނުވާ ކަމުގައި ވާނަމަ ނުވަތަ ތިބާ ދެކެ ފޫހި ވާ ނަމަ ތިބާގެ ގާތުގައި އެވާހަކަ ބުނުމަށެވެ. ގަޔާ ނުވާއިރު ގަޔާވެޔޭ ކިޔައިގެން އުޅުމަކީ ހަރުފައިގެ އުސޫލުން ކަން ކުރާ މީހުން ކަން ކުރާ ގޮތް ކަމަށް މީހުން ބުނެ އުޅެއެވެ.
ދޮގެއް ހަދައިގެން ދެރަކޮށްލުން ވެސް ތެދެއް ހަދައިގެން އުފާ ކޮށްލުމަށްވުރެ މާ ރަނގަޅޭ ބުނެ އުޅެނީ ވެސް ސަބަބެއް އޮވެގެންނެވެ. އެހެނީ އެ ދޮގު ފަޅާ އަރާ ދުވަހު ވާނެ ދެރަ އާއި ކުރާނެ ހިތާމަ މާ ބޮޑު ވާނެތީއެވެ. އެހެންކަމުން ލޯބި ނުވާއިރު ލޯބިވެޔޭ ކިޔައިގެން އުޅޭހެން ގަޔާނުވާއިރު ގަޔާވެޔޭ ކިޔައިގެން ކޮންމެހެން އުޅޭނެކަމެއް ނެތެވެ.