ޚަބަރު

ވޯޓުލުމުގެ ޙައްޤު ހަނިވެދާނެ ކަންކަން އެބަހުރި: އެޗްއާރްސީއެމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި މަހުގެ 10ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންދާ އިރު، ކޮވިޑް-19އާ ގުޅިގެން، ވޯޓު ލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންތައްތަކެއް އެބަހުރި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންތިހާބާ ބެހޭގޮތުން މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ބައްދަލުކުރެއްވުމަށް ފަހު އެޗްއާރުސީއެމުން ކުރި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ލުމުގެ ހައްގު ހަނިވެގެން ހިނގައިދާނެ ކަންކަން ފާހަގަވެފައިވާތީ އެ ކޮމިޝަންގެ ކަންބޮޑުވުންތައް އީސީ އާއި އެޗްޕީއޭއާ ހިއްސާކޮށް، ލަފާ ދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ކަންބޮޑުވުންތަކާއި ލަފައަކީ ކޮބައި ކަމެއް އެޗްއާރުސީއެމުން ވިދާޅުވެފައެއް ނުވެއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާ އިރު ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްގު ވެސް މުހިއްމުކަން އެ ބައްދަލުވުމުގައި ފާހަގަ ކުރައްވައިފައި ވާނެ ކަމަށެވެ.

"އެހެންކަމުން ހެދިފައި ހުރި އުސޫލުތަކާއި އެހެނިހެން އިންތިޒާމުތަކުގެ ތެރެއިން ވެސް މި ދެ ކަމަށް ރިއާޔަތްކުރުމުގެ މުހިންމުކަން ކޮމިޝަނުން ފާހަގަކުރިއެވެ." އެޗްއާރުސީއެމުން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު މިފަހަރު 273،182 މީހަކަށް ލިބެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!