ފޯޓް ފޮއްޓެއްގެ ވެރިއަކު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް ފާހަގަ ޖަހަންވީ ތަން ދައްކައިދިން ކަމުގެ ތުހުމަތު
ނ. ވެލިދޫ ވޯޓު ފޮއްޓަކާ ހަވާލުވެހުރި އިސްވެރިއަކު ޚާއްޞަ އެހީއަށް ބޭނުންވާ މީހަކަށް ވޯޓް ލުމުގައި އެހީތެރިވެދީ، "ވޯޓު ފާހަގަ ޖަހަންވީ ތަން" ދައްކައިދިން ކަމުގެ ތުހުމަތެއް އުފުލިއްޖެއެވެ.
ވެލިދޫ ޑީ13.2 ވޯޓުފޮށިން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ހަވާލުވެ ހުންނެވި އަހުމަދު ޖައުފަރު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ވޯޓުލާން ފާހަގަ ޖަހަންވީ ތަން ދައްކައި، އެ މީހާ ލައްވާ ފާހަގަ ޖައްސުވައި ހެދި ކަމަށެވެ.
"ވޯޓު ފޮއްޓާއި ހަވާލުވެ ހުރި ކުއްޖާ އަމިއްލައަކަށް، ފާހަގަ ޖަހަންވީ ތަން ދައްކައި، އެ ދައްތަ ލައްވައި އަމިއްލައަކަށް ފާހަގަ ޖައްސުވައި ހެދީ" ޖައުފަރު ވިދާޅުވިއެވެ.
ޖައުފަރު ވިދާޅުވީ އެ އަންހެންމީހާއަކީ ބައިޕާސް ހަދާފައި ހުރި އުމުރުން ގާތްގަނޑަކަށް 77 އަހަރުގެ މީހެއް ކަމަށެވެ. އެ މީހާއަކީ ފުރޮޅުލީ ގޮނޑިއެއްގައި ހިނގާބިނގާވެ އުޅޭ މީހެއް ކަމަށާއި އެއް ލޮލަށް ފެނުމުން މަޙްރޫމްވުމުގެ އިތުރުން އަނެއް ލޮލުގައި ވެސް މައްސަލަތަކެއް ހުރި، އަމިއްލައަށް ތެދުވެ ވެސް ނޫޅެވޭވަރު މީހެއް ކަމަށެވެ.
"އޭނަގެ ދަރިފުޅު އެހީތެރިއަކަށް އައީ. މިކޮޅުން އެކަމަކު ފޮއްޓާ ހަވާލުވެ ހުރި ފަރާތުން އޭނަގެ ދަރިފުޅަށް އެ ފުރުސަތެއް ނުދިން އެ ދައްތައަށް އެހީތެރިވާކަށް. ވޯޓު ފޮއްޓާ ހަވާލުވެ ހުރި މީހާ އަމިއްލައަށް ފާހަގަ ޖަހަންވީ ތަން އްކުމުން މައްސަލަ ޖެހުނީ" ޖައުފަރު ވިދާޅުވިއެވެ.
ވެލިދޫގައި މި މައްސަލަ ޖެހުމުން ދެ ގަޑިއިރެއް ހާއިރު ވަންދެން ވޯޓުލުން މެދުކެނޑުނު ކަަމަށާއި މިހާރު ވޯޓުލުން ކުރިއަށްދާ ކަަމަށް ވެސް ޖައުފަރު ވިދާޅުވިއެވެ.
މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ނިންމެވީ ފޮށީގެ ވެރިޔާ އެހީތެރިވެދީގެން ފާހަގަޖެހި ވޯޓު، ފޮއްޓަށް ލުމަށާއި ފަހުން އެ މައްސަލަ އަލުން ޖެއްސުމަށް ކަމަށް ވެސް ޖައުފަރު ވިދާޅުވިއެވެ.
ޖައުފަރު ކައިރި ބުނެބަލަ ވާނުވާ ނޭނގޭ ތަންތަނަށް އަނގަ ނުލާށޭ.