އެއާޕޯޓަށް މީހުން ފުރުވަން ދާއިރު އެންމެ މީހަކު ދިއުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މީހުން ފުރުވުމަށް ދާއިރު އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ކޮވިޑް-19 ނުރައްކާ އަދިވެސް ބޮޑު ކަމަށާއި އެހެންކަމުން އެއާޕޯޓަށް ފަސިންޖަރުން ފުރުވުމަށާއި ލެއްޕުމަށް އެކަކަށްވުރެ ގިނަ މީހުން ނުދިޔުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ކޮންމެހެން އަންނަން ޖެހޭ ހާލަތްތަކުގައި ނޫނީ އެއާޕޯޓުު ފަަދަ ތަންތަނަނަށް ނުދިއުމަށް ވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފިއެވެ.
We advise & highly recommend 1 person to attend in receiving & seeing off passengers @VelanaAirport. Please refrain from unnecessary visits to airport as #COVIDー19 pandemic is still critical to us.
— MACL (@MACLmedia) July 29, 2020
Thank you for your support. This measure is to minimize & safeguard everyone. pic.twitter.com/T3peMbjPsR
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރާއްޖެއަށް ހާހެއްހާ ފަތުރުވެރިން އައިސްފައިވާއިރު، އެތަނުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އެންމެ މީހެކެވެ. އޭނާ އަކީއެމެރިކާ އަށް ނިސްބަތްވާ މީހެކެވެ.







ކޮމެންޓް