ހަމްނާ ބަލިކޮށް، ވިލިމާލޭ ދާއިރާއަށް މިފަހަރު ނަހުލާ، މަރުޙަބާ!

ވިލިމާލެ ދާއިރާގެ ކައުންސިލަށް ވެރިކަން ކުރާ އެމްޑީޕީން ވާދަ ކުރި ކެނޑިޑޭޓް ހަމްނާ ވަހީދު ބަލިކޮށް، އިދިކޮޅު ޕީޕީއެމްގެ ނަހުލާ އަލީ ކާމިޔާބު ހޯދައިފިއެވެ.
ވިލިމާލޭ ދާއިރާއަށް މިފަހަރު ކުރިމަތިލައްވާފައި ވަނީ ހަތަރު ބޭފުޅުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން ނަހުލާ އަލީ އާއި އެމްޑީޕީގެ ފަރާތުން ހަމްނާ ވަހީދުގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރައްވާ އައިމިނަތު ރިޔާޝާ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ފާތިމަތު ނިޒްމާއެވެ.
މިހާރު ލިބެމުންދާ ނަތީޖާތަކަށް ބަލާއިރު ޕީޕީއެމުން ދަނީ މާލެއިން ބޮޑެތި ކާމިޔާބުތަކެއް ހޯދަމުންނެވެ. އެގޮތުން މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބު ކުރައްވައިފައެވެ. މީގެ އިތުރުން އަތޮޅުތަކުގެ ނަތީޖާތަކުން ވެސް ޕީޕީއެމުން ދަނީ ކުރިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.
އަލްހަމްދުލިﷲ
ނާއެހެންތާވާނީވެސް ވޯޓްލުމުގެކުރިން ވޯޓްލިބޭނެ އަދަދާއި ގޮޑީގެ އަދަދުވެސް އިއުލާނުކޮއްފިވިއްޔާ.
މިފަހަރު ކިހިނެއްބާއޭ ވާނީ.މަހިތައްއަރާ؟