ޓީވީ ޕްރެސެންޓަރ ޙުސައިން ނާސިފް ރ.އަތޮޅު ރައީސްކަމަށް

ޗެނަލް13 ގެ ޕްރެސެންޓަރ ޙުސައިން ނާސިފް ރ.އަތޮޅު ރައީސް ކަމަށް ހޮވިއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ރ. އަތޮޅު ކައުންސިލުގެ ރައީސްކަން ނާސިފް ކާމިޔާބު ކޮށްފައިވަނީ 3652 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 50.55 އިންސައްތައެވެ.
ނާސިފް އާއެކު މިގޮނޑިއަށް ވާދަ ކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޢަލީ ޝާހިދުއެވެ. ޝާހިދަށް އެ ގޮނޑި ގެއްލުނު ނަމަވެސް އޭނާއަށް ވެސް ވަނީ ވަރަށް ގިނަ ވޯޓު ލިބިފައެވެ. އެގޮތުން ނާސިފްއަށް 3572 ވޯޓު ލިބިފައިވާއިރު އެއީ ވޯޓުލީ މީހުންގެ 49.45 އިންސައްތައެވެ.
މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމުން ދަނީ މާލެއާއި އަތޮޅުތަކުން ބޮޑެތި ކާމިޔާބުތަކެއް ހޯއްދަވަމުންނެވެ. އެގޮތުން ގިނަ އަތޮޅުތަކެއްގެ ރައީސުންގެ ގޮނޑި އެ ޕާޓީން ކާމިޔާބު ކުރިއިރު މާލެ ސިޓީގެ މެޖޯރިޓީ ވެސް ވަނީ ހޯދާފައެވެ.
މީ ބޮޑު ގޭ އެއް