ޚަބަރު

ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވާނަމަ ބައެއް ލުއިތަކަށް ބަދަލު ގެންނަން ޖެހިދާނެ: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވާނަމަ ބައެއް ލުއިތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑްގެ ނުރައްކާ އަނެއްކާވެސް ބޮޑުވެފައިވާ ކަމަށާ އެހެން ކަމުން ހާލަތު އިތުރަށް ގޯސްވާނަމަ މިހާރު ދީފައިވާ ލުއިތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށެވެ.

"ހާލަތު ގޯސްވަމުންދާ ކަމަށްވާނަމަ އަޅުގަނޑުމެން ހަމަ ފިހާރަތައް ކެފޭތައް ނޫނީ ދެން ދޭ ހިދުމަތްތައް ވެސް ބަންދުކުރަން ޖެހިދާނެ. އެހާވަރަށް ހާލަތު ގޯސްވެގެން ހިނގައްޖެނަމަ އެ ފިޔަވަޅުތައް ވެސް އަޅަން ޖެހިދާނެ. ނަމަވެސް އަމާޒަކީ ލުއިތަކަށް ބަދަލު ނުގެނެސް ބަލި ކޮންޓްރޯލް ކުރުން." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ލުއިތަކަށް ބަދަލު ނުގެނެސް ބަލި ކޮންޓްރޯލް ކުރެވޭނީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދުތަކަށް އާންމު ރައްޔިތުން ބޯލަނބާ މިންވަރަކަށް ކަމަށެވެ.

އަނެއްކާވެސް ލޮކްޑައުން އަކަށް ދިއުމަކީ އެކަމުން އެތައް ބަޔަކަށް ގެއްލުންވެ، އުނދަގޫތައް ކުރިމަތިވާނެ ކަމެއް ކަމަށާއި އެހެން ކަމުން އަލުން ފުލް ލޮކްޑައުންއަކަށް ދާން ނުޖެހުމަކީ އުންމީދެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!