ޚަބަރު

ރޯދަމަހު ކުނި ނެރެންޖެހޭ ގަޑިތައް އާންމުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކުން ކުނި ނެރެން ޖެހޭ ގަޑިތަކަށް ވެމްކޯއިން ބަދަލު ގެނެސް، އައު ގަޑިތައް އާންމު ކޮށްފިއެވެ.

Ads by STELCO

ވެމްކޯއިން ބުނީ ރޯދަ މަހު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނެރެން ޖެހޭނީ ކޮންމެ ދުވަހަކު ވެސް ރޭގަނޑު 10:00 އާއި 11:00 ދެމެދު ކަމަށެވެ.

މީގެ އިތުރުން ރޯދަ މަހު ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ދޭ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

  • މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން
    • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: ހެނދުނު 10:00އިން ހަވީރު 5:00އަށް. ރޭގަނޑު 8:00 އިން ދަންވަރު 3:00އަށް
    • ހުކުރު ދުވަސް: މެންދުރު 2:00އިން ހަވީރު 5:00އަށް، ރޭގަނޑު 8:00އިން ދަންވަރު 3:00އަށް
  • ވިލިމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން
    • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: ހެނދުނު 10:00އިން ހަވީރު 5:00އަށް. ރޭގަނޑު 8:00 އިން ދަންވަރު 3:00އަށް
    • ހުކުރު ދުވަސް: މެންދުރު 2:00އިން ހަވީރު 5:00އަށް، ރޭނގަޑު 8:00އިން ދަންވަރު 3:00އަށް
  • ހުޅުމާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން
    • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު: ހެނދުނު 10:00އިން ހަވީރު 5:00އަށް، ރޭގަނޑު 8:00 އިން ދަންވަރު 1:00އަށް
    • ހުކުރު ދުވަސް: މެންދުރު 2:00 އިން ހަވީރު 5:00އަށް އަދި ރޭނގަޑު 8:00 އިން ދަންވަރު 1:00 އާ ހަމައަށެވެ.

ސ. ހިތަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ހިދުމަތް ދޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 - ހަވީރު 5:00 އަދި ރޭގަނޑު 8:00 - ދަންވަރު 2:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ހިދުމަތް ދޭނީ މެންދުރު 2:30 - ހަވީރު 5:00އަށް އަދި ރޭގަނޑު 8:30 - 11:00 އާ ހަމައަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!