އުރީދޫ އާޗާ ޕޯސްޓްޕެއިޑް: 1000ރުފިޔާގެ ޕެކެޖަކަށް މިހާރު 180ޖީބީ
އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަލަށް ތަޢާރަފްކުރާ "އާޗާ ޕޯސްޓްޕެއިޑް" ޕްލޭންގެ ދަށުން 1000ރުފިޔާގެ ޕެކެޖަކަށް 180ޖީބީ ލިބޭނެ ގޮތް ހަމަޖައްސައިދީފިއެވެ.
އުރީދޫން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ، ކަސްޓަމަރުންގެ ބަދަލުވަމުން އަންނަ ބޭނުންތަކާ އެއްގޮތަށް ޕްރޮޑަކްޓް ޕޯޓްފޯލިއޯއަށް ބަދަލު ގެނެސް އަޕްގްރޭޑް ކުރުމަކީ އެ ކުންފުނިން ދެކޭގޮތުގައި ވަރަށް މުހިންމުކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އަަބަދުވެސް މަަސައްކަތް ކުރަނީ ބޮޑެތި ފައިދާތަކެއް އެކުލަވައިލައިގެން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް. އެގޮތުން ދާދި ފަހުން އަޅުގަނޑުމެން ތައާރަފްކުރި އާޗާ ޕްރިޕެއިޑް ޕޯޓްފޯލިއޯ އަށް ވަނީ ވަރަށް ބޮޑު މަގްބޫލުކަމެއް ލިބިފައި. ހަމަ އެފަދައިން މިއަދު މި ލޯންޗްކުރެވުނު އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ. އަންލިމިޓަޑް އުރީދޫ ކޯލްސްގެ އިތުރުން ކޮންމެ ދުވަހަކު ޑޭޓާ އައުވެގެން ދާދިއުމުން ކަސްޓަމަރުންނަށް ޑޭޓާ ބޭނުން ކުރެވޭވަރު ފަސޭހައިން މެނޭޖް ކުރެވި ހެޔޮ އަގެއްގައި ކޮންމެ ދުވަހަކު ވެސް އިންޓަނެޓް ބޭނުންކުރުން ފަހި ވެގެންދާނެ." ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ އާޗާ ޕޯސްޓްޕެއިޑް ޕްލޭންތަކާއެކު ހެޔޮ އަގުތަކުގައި، މާކެޓުގެ އެންމެ ފުރިހަމަ ފައިދާތައް ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
އުރީދޫ އާޗާ ޕޯސްޓްޕެއިޑްގެ ދަށުން އެލަވަންސް ލިބޭ ޕެކޭޖްތަކާއި މުއްދަތު:
▪︎ 600ރުފިޔާގެ ޕްލޭން: 30 ދުވަހަށް 60 ޖީބީ (ދުވާލަކު ރެގިއުލާ 1 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 1ޖީބީ ޑޭޓާ)، އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި އެހެން ނެޓްވޯރކްތަކަށް 300 މިނެޓް
▪︎ 800ރުފިޔާގެ ޕެކޭޖް: 30 ދުވަހަށް 120 ޖީބީ (ދުވާލަކު ރެގިއުލާ 2 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 2ޖީބީ ޑޭޓާ)، އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި އެހެން ނެޓްވޯރކްތަކަށް 600 މިނެޓް
▪︎ 1000ރުފިޔާގެ ޕެކޭޖް: 30 ދުވަހަށާ 180 ޖީބީ (ދުވާލަކު ރެގިއުލާ 3 ޖީބީ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އަށް 3ޖީބީ ޑޭޓާ)، އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި އެހެން ނެޓްވޯރކްތަކަށް 1000 މިނެޓް.
އާޗާ ޕޯސްޓްޕެއިޑް ޕޯޓްފޯލިއޯގެ ދަށުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 24 ގަޑިއިރަށް، ހަފްތާއަކަށް ނުވަތަ މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 1ޖީބީ ޑޭޓާ ލިބޭ އާޗާ ޕޯސްޓްޕެއިޑް އެޑްއޯންސް ވެސް އެކްޓިވޭޓް ކޮށްލެވޭނެއެވެ.