ރެސިޕީ

ދެން ރެސިޕީ: ކުޑަކުދިންނަށް ހާއްސަ ޗިކަން ޕޮޕް ކޯން

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޗިކަން ޕޮޕްކޯން އަކީ އާންމުކޮށް ކޭއެފްސީ ފަދަ ތަންތަނުން ލިބެން ހުންނަ އެއްޗެކެވެ. ނަމަވެސް މިއީ ފަސޭހަކަމާއެކު ގޭގައި ވެސް ތައްޔާރުކޮށްލެވިދާނެ ރެސިޕީއެވެ. ކުޑަކުދިންނަށް ހާއްސަ އެއްޗެއް ކަމަކު ބޮޑެތި މީހުންނަށް ވެސް މިއީ ވަރަށް ކަމުދާނެ ލުއި ކެއުމަކަށް ވެގެންދާނެއެވެ.

Ads by WAMCO

ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާ ތަކެތި:

  • 1 ކުކުޅު ބްރެސްޓް ( ބައި އިންޗިއަށް ކޮށާފައި)
  • 3/4 ސައި ސަމްސާ މުގުރި މިރުސް
  • 1/8 ސައި ސަމްސާ ރީނދޫ
  • 1/2 ސައި ސަމްސާ ގަރަމް މަސާލާ
  • ރަހަ ލާ ވަރަށް ލޮނު

ފުށް މިކްސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

  • 1/2 ޖޯޑު ގޮދަން ފުށް
  • 1/4 މުގުރި އަސޭ މިރުސް
  • ކުޑަ ލޮނުކޮޅެއް

އިތުރަށް ބޭނުންވާ ތަކެތި:

  • 1 ބިސް
  • ފާރޮށި ކުނޑި

ތައްޔާރުކޮށްލާނެ ގޮތް:

އެންމެ ފުރަތަމަ ކުކުޅު މެރިނޭޓް ކުރުމަށް ބޭނުންވާ ހުރިހާ ބާވަތްތައް އެއްކޮށްލުމަށް ފަހު 10 މިނެޓު ވަންދެން ރަނގަޅަށް މެރިނޭޓްކޮށްލާށެވެ.

ދެން ފުށް މިކްސްއަށް ބޭނުންވާ ބާވަތްތައް ތަށްޓެއްގައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ރަނގަޅަށް ބަހައްޓާށެވެ. ވަކިން ތަށްޓެއްގައި ބިސް ވެސް ގިރާފައި އަދި ވަކިން ތަށްޓެއްގައި ފާރޮށި ކުނޑި ވެސް ތައްޔާރުކުރާށެވެ.

ކުކުޅު ރަނގަޅަށް މެރިނޭޓް ވުމުން ފުރަތަމަ ބިހުގެ ތެރެއަށް ފޯ ކޮށްލާށެވެ. އެއަށް ފަހު ފުށްގަނޑު ތެރެއަށް ލައި ރަނގަޅަށް ކޯޓު ކޮށްލުމަށްފަހު ފާރޮށި ކުނޑި ވެސް ރަނގަޅަށް އުނގުޅައި ފޯ ކޮށްލާށެވެ.

ކުކުޅުގައި ރަނގަޅަށް ފާރޮށި ކުނޑި ލެވުމުން ތެއްލާލާށެވެ. ރަން ކުލަ އަރަންދެން ތެއްލާލާށެވެ. އެންމެ މީރުވާނީ ކުޑަކޮށް ހޫނުކޮށް ހުންނައިރުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!