ލައިފްސްޓައިލް

ރޯދަ ކުރުކުރަން ކަޑަގެ އެޅީ ކޮން ބައެއް؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރަމަޟާން މަހު ރޯދައަށް ތިބެ ރޯދަ ކުރު ކުރުމަށް ވަރަށް ގިނަ މީހުން ތަފާތު އެތައް ކަމެއް ކުރެއެވެ. އެގޮތުން ބައެއް މީހުން ރޯދަ ކުރު ކުރުމަށް އެކި ކަހަލަ ކުޅިވަރުތައް ކުޅޭ އިރު އަނެއްބައި މީހުން ރޯދަ ކުރު ކުރުމަށް އެކި ކަހަލަ މަސައްކަތްތައް ވެސް ކުރެއެވެ.

Ads by STELCO

އެގޮތުން ބައެއް ފުރާވަރުގެ ކުދިން ޝައުގުވެރިކަމާއެކު ކުރަމުން އަންނަ ކަމަކީ ކަޑަގެ އެޅުމެވެ. ގޭގެ ކައިރިން ކޮންމެވެސް ތަނެއްގައި ރައްޓެހި ކުދިން ވެގެން ކަޑަގެ އަޅައި އުޅުނު ހަނދާން އަޅުގަނޑު ވެސް ވެއެވެ. ވަލަށް ގޮސް އެކި ކަހަލަ ދަނޑިތައް ހޯދައިގެން ފަން ޖަހާ ކަޑަގެ ހެދި ހަނދާން އަދިވެސް އަޅުގަނޑު ވެއެވެ. ކަޑަގެ އަޅަނީ އެތަނުގައި ރައްޓެހިން ވެގެން އެކި ކަހަލަ ކުޅިވަރުތައް ކުޅުމަށެވެ.

ރަށްފުށުގައި ނަމަ އަތިރިމަތީގައި، މޫދު ފެންނަވަރަށް ހިތްގައިމު ވައިރޯޅިތައް އައިސް ގައިގައި ބީހޭ ގޮތަށް ހަދައިފައި ހުންނަ ކަޑަގޭގައި އެތައް އިރެއް ވަނދެން ވެސް ތިބެވިދާނެއެވެ، ބައެއް ދުވަސްދުވަހު ރޯދަ ވީއްލަނީ ވެސް ހަމަ އެ ކަޑަގޭގައި ތިބެގެންނެވެ. އެހެން ނަމަވެސް މަދިރީގެ އުނދަގުލާއެކު، ކިތަންމެ ބޭނުން ނުވި ނަމަވެސް ދެން އަންނަން ޖެހެނީ ގެއަށެވެ.

އެއާއެކު އަނެއްކާ ވެސް ޖެހިގެން އޮތް ދުވަހަކަށް އިރު އެރުމާއެކު ރައްޓެހިން އެއްވެ ކަޑަގެއަށް ދާނެއެވެ. މިހެން ގޮސް މުޅި ރަމަޟާން މަސް ނިމެންދެން ވެސް އެ ކަޑަގެ ހުންނާނެއެވެ. އެ ކަޑަގެއިން ރަމްޒު ކޮށްދެނީ އަހަރެމެންގެ ރަހުމަތްތެރިކަމުގެ ވަރުގަދަ ކެމެވެ. އަހަރެމެންގެ ޅަފަތުގެ ހަނދާންތަކެވެ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ކޮންމެ ކުއްޖެއްއަތަށް ވެސް މޯބައިލް ފޯނެއް ނުވަތަ ޓެބްލެޓެއް ދިނުމަށްފަހު ގޭގެ ކޮޓަރީގައި އޮންނަ މަންޒަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!