ޚަބަރު

އެމްޑީޕީއަށް ގޮނޑި ގެއްލުނީ ދަފްތަރުގައި ތިބި ބަޔަކު ވޯޓް ލުމުގެ ސަބަބުން: އިންތި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

މިދިޔަ ހޮނިހިރު ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، މާފާންނު އުތުރު ދާއިރާ އެމްޑީޕީއަށް ގެއްލުނީ ދަފްތަރުގައި ތިބި ބަޔަކު ވޯޓް ލުމުން ކަމަށް އެ ދާއިރާގެ މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، މާފަންނު އުތުރު ދާއިރާއަށް ދަފުތަރުން ވޯޓުލީ ފަރާތްތަކަކީ އެ ދާއިރާ ހިމެނޭ ހިސާބުތަކުގައި ދިރި ނޫޅޭ ފަރާތްތަކެއް ކަމަށެވެ. އަދި އިންތިޚާބު ނާކާމިޔާބުވެ ވަަޑައިގަތީ ފަހު ވަގުތުގައި ދަފްތަރަށް ގެނައި ބަދަލުގެ ސަބަބުން ކަމަށް ވެސް އިންތި ފާހަގަ ކުރެއްވިއެެވެ.

"އެހެން ނަމަވެސް ދާއިރާގައި ވޯޓު މި ޑިސައިޑްކުރީ އެ ބޭފުޅުން. އެހެންވީމާ މިއީ ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި ދެކޭތީވެ އަޅުގަނޑުމެން ފާހަގަ ކޮށްލަން. އިންތިހާބުތަކާއި ދަފުތަރާމެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. ކީއްވެގެންތޯ ސަރަހައްދުގައި ދާއިރާގެ ތެރޭގައި ނޫޅޭ ބަޔަކު ކުއްލިއަކަށް ވަކި އިންތިހާބަކަށް އައިސް އެ ވޯޓު ޑިސައިޑް ކުރުމުގެ ފުރުސަތު އެ ލިބެނީ ކިހިނެއްތޯ. އެއީ ވިސްނާލަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން. މި ދަފުތަރު އަޅުގަނޑުމެންގެ ދާއިރާގައި ވޯޓު މިފަހަރު ޑިސައިޑްކޮށްފައި ވަނީ." އިންތި ވިދާޅުވިއެވެ.

މީގެ ކުރިން މާލޭގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއަށް ވަނީ ނާކާމިޔާބު ވެފައެވެ. މިގޮތުން އިމްތިޔާޒް ނިސްބަތްވާ ދާއިރާގެ މާލޭ ސިޓީ ކައުންސިލްގެ ގޮނޑި މިފަހަރު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެވެ. މީގެ އިތުރުން މާލޭގެ މޭޔަރު ކަމުގެ ގޮނޑި ވެސް ފުރަތަމަ ފަހަރަށް އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!