ރެސިޕީ

ދެން ރެސިޕީ | ބާސްކް ބާންޓް ޗީޒް ކޭކް ގޭގައި ވެސް ތައްޔާރުކޮށްލެވޭނެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބާސްކް ބާންޓް ޗީޒްކޭކަކީ ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ޓްރެންޑު ވަމުން އަންނަ ކޭކެވެ. އެހެން ޗީޒްކޭކްތަކާއި ބާސްކް ބާންޓް ޗީޒްކޭކް ތަފާތު ވަނީ އާއްމުކޮށް އަހަރުމެން މި ކައި ޗީޒްކޭކްގައި ބްލޫބެރީ ކަހަލަ ފިލިންއެއް ހުއްޓަސް މި ކޭކުގައި އެފަދަ ފިލިން އެއް މަތީގައި ދުއްވާފައެއް ނުހުރެއެވެ. އަދި ކްރަސްޓެއް ވެސް ނުހުރެއެވެ. ނަމަވެސް ފޮނި ރަހަ އާއި އެއްވަރަށް ކްރީމްޗީޒުން ރަހަ އެއްވަރުކޮށްލާފައިވާ މި ކޭކްގެ އެތިކޮޅެއް ކާލުމުން އެހެން ޗީޒްކޭކް ތަކެކޭ އެއްގޮތަށް އަނގައިގެ ތެރެއަށް ރީޗަށް ވިރިގެން ދާނެއެވެ. މިއީ ކެރަމަލް ޕުޑިން އަށްވުރެ ރިޗް، މާ މީރު ރަހައެށް ލާ ކޭކެވެ.

Ads by WAMCO

ބޭނުންވާތަކެތި:

300ގ. ކްރީމް ޗީޒް

100ގ ކާސްޓާ ޝުގާ

100ގ. ބިސް (ބޮޑު 2 ބިސް ރަނގަޅުވާނެ)

160ގ. ވިޕިން ކްރީމް

1/4 ސައި ސަމްސާ ލޮނު

1/2 ސަައި ސަމްސާ ވެނީލާ އެސެންސް

15ގ. ފުށް

ތައްޔާރުކުރާނެ ގޮތް:

ކްރީމް ޗީޒްކޮޅު މަޑުކޮށްލާފައި، ހަކުރާއި ރަނގަޅަށް އެއްކުރާށެވެ. ރަނގަޅަށް ކްރީމީކޮށް އެއްވުމުން ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ. ބިހާއި ހަކުރާއި ޗީޒާއި ރަނގަޅަށް އެއްވުމުން، އޭގެ ތެރެއަށް ވިޕް ކްރީމް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ލޮނު ކޮޅާއި ވެނީލާ އެޅުމަށް ފަހު ފުށްކޮޅު އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ.

ކޭކް މިކްސް ރަނގަޅަށް ތައްޔާރުމުން ޓްރޭއެއްގައި ފަތުރާލުމަށް ފަހު 200 ޑިގްރީ ސެލްޝިއަސް ގައި 50 މިނަޓު ރަނގަޅަށް ފިހެލާށެވެ. ކޭކު ފިހެއުމުން، ކޭކު ފޮތިކުރުމުގެ ކުރިންނހިހޫ ކުރުމަށްފަހު ދެ ގަޑިއިރު ފިނިކޮށްލަން ޖެހޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!