ޚަބަރު

ބޭރުން އަންނަ ފަރާތްތައް ވެސް ވެކްސިންގެ ދެ ޑޯޒް ޖަހައިފައިވާ ނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފަަތުރުވެރީން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް ، 2ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ފަތުރުވެރީން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2(ދޭއް) ޑޯޒް ފުރިހަމަކޮށް ހަފްތާއެއް ވެފައިވާނަމަ ކަރަންޓީނު ވާން ނުޖެހޭ ކަމަށެވެ.

ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާ އެހެން ފަރާތްތަކުން ނައްސި ޕީ.ސީ.އާރު ޓެސްޓް އޮންނާކަށް ނުޖެހެއެވެ. އަދި އެ ފަރާތްތަކުން ކަރަންޓީނުވާން ވެސް ނުޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

1 .ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
2 .ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
3 .ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
4 .ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަށް ރާއްޖެއަށް އެތެރެއަށްވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންވާނެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ވެސް ހަދަންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ވެކްސިން ޖަހާފައިވާނަމަ ރަށްރަށަށް ކަރަންޓީނު ނުވެ ދެވޭ ގޮތަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން އެޗްޕީއޭއިން ބުނީ އާބާދީގެ 60 އިންސައްތަ ހަމަވެފައިވާ ރަށްރަށަށް، ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ މީހުންނަށް، ވެކްސިން ޖެހިތާ ދެ ހަފްތާ ނުވަނީސް ދަތުރު ކުރެވޭނެ ކަމަށެވެ.

އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް -19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް،  ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލަން ވަނީ ނިންމާފައެވެ. އެގޮތުން މިކަމުގައި ވަކި އުސޫލަކަށް އަމަލުކުރަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އެގޮތުން ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަ ދިނުމުގައި ބަލީގެ ނިސްބަތް 5 އިންސައްތަ އަށް ވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރު ކުރާނަމަ ޕީސީއާރު ނައްސި ޓެސްޓެއް ބޭނުންވާނެއެވެ.

އެޗްޕީއޭގެ އުސޫލުގައި ވާ ގޮތުން ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދީން ވެސް ވެކްސިން ޖަހާފައިވާ ފަރާތްތަކާއެކު ދަތުރުކުރާނަމަ ޕީސީއާރު ނައްސި ނަތީޖާއެއް ބޭނުންވާނެއެވެ.

މި އުސޫލަށް އަމަލުކުރަން ފަށާނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!