ދުނިޔެ

އެމެރިކާގައި 200 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ޖަހައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އެމެރިކާގައި މިހާތަނަށް 202 މިލިއަން ޑޯޒްގެ ވެކްސިން ޖަހާފައިވާ ކަމަށް، އެގައުމުގައި ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފިއެވެ.

Ads by Sosun Fihaara

އެމެރިކާގެ ގިނަ ޒުވާނުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ދެވިފައެވެ. އަދި 30% މީހުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވެއެވެ. އެމެރިކާގައި ވެކްސިން ޖެހުން ހުއްޓުމެއް ނެތި ކުރިޔަށް ދާއިރު، ޔޫރަޕް، އެޕްރިކާ، އޭޝިއާ ފަދަ ގައުމުތަކުން ކޮވިޑް ފެތުރުން އިންތިހާޔަށް ވަނީ އިތުރުވެފައެވެ.

އެމެރިކާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ޖުމްލަ 32,372,119 މީހުންނަށް ބަލި ޖެހިފައިވެއެވެ. އަދި 580,756 މީހުން މި ބަލީގައި މަރުވެފައި ވާއިރު ބަލިން ރަނގަޅުވެފައި ވަނީ 24،905،332 މީހުންނެވެ.

އެމެރިކާގެ ސީޑީސީން ނެރެފައިވާ ޑާޓާތައް ދައްކާ ގޮތުން އެމެރިކާގައި 202 މިލިއަން ޑޯޒް ވެކްސިން ޖަހައިފައިވެއެވެ. އެ ގައުމުގެ 128 މިލިއަން މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 81 މިލިއަން މީހުން ވަނީ ދެވަނަ ޑޯޒާއެކު ވެކްސިން ފުރިހަމަ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!