އާރުޑީސީ އޮފީސް ފަޅާލާ ލައްކަ އަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ފަޅައިލައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިއްޔެ ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ އޮފީހުން 100،000އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
Ads by Allied Insurance