އެއްވެސް ވިޔަފާރިވެރިއަކަށް 24 ގަޑިއިރު ވަންދެން ވިޔަފާރި ކުރުމުގެ ހުއްދައެއް ނުދެން: މިނިސްޓްރީ
އެއްވެސް ވިޔަފާރިވެރިއަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދީފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވައިފައި ބެހެއްޓޭނެ ގަޑިއަކީ، ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ. އަދި އެދުވަސްވަރު މުދާ ވިއްކާ ތަންތަން ހުޅުވައިފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށް ވެސް މިނިސްޓްރީން ވަނީ އަންގައިފައެވެ.
މިނިސްޓްރީން މިގޮތަށް އަންގައިފައި ވީ ނަމަވެސް މުދާ ވިއްކާ ބައެއް ފަރާތްތަކުން މެންދަމު 12ގެ ފަހުން ވެސް ފިހާރަތައް ހުޅުވައިފައި ހުންނަ މަންޒަރު ފެނިގެން ދެއެވެ.
Ads by HDC