ލުއި ޚަބަރު

އައިސީޔޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ހަތަރު މީހުން މަރު!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިންޑިއާގެ ރައިޕޫރު ސިޓީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ 4 މީހަކު މަރުވި މައްސަލައެއް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބަލަމުން އެބަދެއެވެ.

Ads by Sosun Fihaara

އެ ގައުމުގެ ފުލުހުން ބުނާ ގޮތުގައި ރައިޕޫރުގެ ރަޖްދާނީ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ހޮނިހިރު ދުވަހުއެވެ. އަދި އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ މައްސަލަ ބަލަން ފަށައިފައެެވެ. އަދި މިކަމާ ގުޅިގެން އެހެން ހޮސްޕިޓަލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަމުން އެބަދެއެވެ.

ހަތަރު މީހުން މި ހާދިސާގައި މަރުވެފައި ވާއިރު އެކަކު މަރުވީ ފިހިގެންނެވެ. އަނެއް ތިން މީހުން މަރުވީ ދުމާ ހެދި ނޭވާ ހާސްވެގެންނެވެ. މިކަމުގައި ހޮސްޕިޓަލުން ފަރުވާކުޑަ ކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރާއިރު ހޮސްޕިޓަލާ ދެކޮޅަށް މައްސަލަ ވެސް ވަނީ ހުށަހަޅައިފައެވެ.

އެންމެ ފުރަތަމަ އެތަނުގައި ރޯވާން ދިމާވީ ފަންކާގެ ކަރަންޓު ނަރެއް ޝޯޓްވެގެން ކަމަށް ފުލުހުން ބުނެއެވެ. އެ ގޮތުން އެތަނުގައި ހުރި ސެކިއުރިޓީ ގާޑަކަށް ދުން އަރާ މަންޒަރު ފެނިގެން ހޮސްޕިޓަލުގެ އިސްވެރިންނަށް އެންގުމުން ފުލުހުންނަށް އެންގީ ހޮސްޕިޓަލުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!