ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު މެއި 29ގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސަރުކާރު ހިންގާ މައި ޕާޓީ އަދި ރާއްޖޭގައި ފުރަތަމަ އުފެދުނު ޕާޓީ ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު މެއި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފައި ވާ ކަމަށް އެ ޕާޓީން ހާމަ ކޮށްފިއެވެ.

Ads by Sosun Fihaara

އެ ޕާޓީއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައި ވަނީ ދާއިރާތަކުގައި ހިމެނޭ އެޕާޓީގެ އާންމު މެންބަރުންނެވެ. އަދި އިންތިހާބުގައި ވޯޓުލެވޭނީ މިއަދު ، 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށެވެ

ހަމަ އެހެންމެ އިންތިޚާބާ ގުޅިގެން އެ ޕާޓީއިން މެންބަރޝިޕް ފޯމުތައް ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލައިފައިވާ ކަމަށް ވެސް މައުލޫމާތު ދީފައި ވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބވި ބައެއް ބޭފުޅުން ވެސް ވަނީ ކުރިމަތިލައްވާފައެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ އަބަދުވެސް ވަރަށް ފޯރިގަދަ އިންތިހާބެކެވެ. ވަކިން ހާއްސަކޮށް ދާއިރާތަކުގެ ރައީސުންނާއި ޕްރޮވިންސްތަކުގެ ރައީސުންގެ މަގާމުތަކަކީ ވާދަވެރި މަގާމުތަކެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!