ލައިފްސްޓައިލް

ބޮޑެތި ބަދަލުތަކަކާއެކު "ރޭޑިއޯ" ޖީބަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދިވެހިން ތެރޭގައި މަގުބޫލު ރޭޑިޔޯ ވާހަކަތަކާއި، ޕްރޮގްރާމްތައް އޮންލައިންކޮށް އަޑުއަހައިލެވޭގޮތަށް ތައްޔާރުކޮށްފައިވާ "ރޭޑިއޯ" އެންޑްރޮއިޑް އެޕްލިކޭޝަން އާ އަދާހަމަ ތަކަކާއެކު ރީލޯންޗް ކޮށްފިއެވެ.

Ads by Sosun Fihaara

މި އެޕްލިކޭޝަން އެންމެ ފުރަތަމަ ލޯންޗުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ދިޔަ އަހަރު ޖުލައި މަހު ލޯންޗުކުރި މި އެޕްލިކޭޝަނަށް ލިބުނު ބޮޑު ތަރުޙީބާއެކު "ރޭޑިއޯ"ގެ ޓީމުން މިވަނީ އެޕްލިކޭޝަން އިތުރަށް ހަރުދަނާކޮށް، އިތުރު ކޮންޓެންޓްތަކާއެކު މި ރަމަޟާން މަހު އާންމުނަށް އަނެއްކާ ވެސް ދޫކޮށްލާފައެވެ.

މިއެޕާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން "ރޭޑިއޯ"ގެ ސީއީއޯ އަޙްމަދު އަނަސް ބުނީ މާމަމެން ވެސް ބޭނުން ވަނީ އަހަރެމެން ފޯނުން އެއްޗެހި އަޑު އަހާ ގޮތަށް، ސިޔަރަތާއި އެއްޗެހި އަޑު އަހަން ކަމަށާއި އެކަމަކު މާމައަށް،ކާފައަށް އެއެއްޗެހި އަމިއްލައަށް ހޯދައިގެން އަޑު އަހަން ނޭނގޭ ކަމަށެވެ.

"އެއީ މީގެ ތިން އަހަރު ކުރިން، 2018 ވަނަ އަހަރުގެ ކުރީކޮޅު. ތަފާތު މޮޅު ކަމެއް ކުރާނަމޭ ހިތައި "ދިވެހި ސިޔަރަތު" އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ފެށީ. އެޕްލިކޭޝަނުގެ އިންޖީނުގަނޑުގެ ބޮޑުބައެއް ނިމުނުފަހުން، ދިވެހި ދިވެހިބަހުގެ އެކެޑަމީން، އެ އެކެޑަމީއާ ގުޅިގެން އެޕްލިކޭޝަން ހަދަން އެދުނީ. އެ އެދުމުގެ މަތިން، އެކެޑަމީގެ ލޯގޯ ޖަހައި މުޅި އެޕްލިކޭޝަންގެ 90 އިންސައްތަ މަސައްކަތް ނިމުނު. އޭގެ ފަހުން އެ އެކެޑަމީން މާ ބޮޑު އެއްބާރުލުމެއް ނުލިބި، އެމަސައްކަތް އެހިސާބުން ހުއްޓުނީ. އޭގެ ދެ އަހަރު ފަހުން މިދިޔަ އަހަރު، "ސިޔަރަތު އެޕްލިކޭޝަން" ހެދުމަށް ދެކެވުނު ހުވަފެނުގައި މިވަނީ ހަގީގީ ކުލަ ޖެއްސިފަ. އޭރު "ކުޑަ ފޮތެއްގައި" ލިޔެ ރައްކާކޮށްފައިވާ "ސިޔަރަތު މެގަ ޕްލޭން" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، "ރޭޑިއޯ" އެންޑްރޮއިޑް އެޕްލިކޭޝަން ލޯންޗުކުރެވުނީ"
އަޙްމަދު އަނަސް ޙަބީބް | ރޭޑިއޯގެ ސީއީއޯ

"ދެން" އަށް މަޢުލޫމާތު ދެއްވަމުން "ރޭޑިއޯ"ގެ ސީއޯއޯ ޝަފްނާ ޝަރީފް ބުނީ، މިއަހަރު މިއައި އަޕްޑޭޓުގައި "ރޭޑިއޯ އޮރިޖިނަލްސް"ގެ ނަން ދެވިފައިވާ ސެގްމެންޓެއް ހިމަނާފައިވާނެ ކަމަށެވެ. އަދި މި ސެގްމެންޓްގައި ހިމެނޭނީ ރޯޑިއޯގެ އަމިއްލަ އުފެއްދުންތައް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"މިއަހަރު އެންމެ ތަފާތު ކަމަށް މިއޮތީ "ރޭޑިއޯ އޮރިޖިނަލްސް". މި ސެގްމެންޓުގައި މި ގެނެސްދެނީ އަހަރެމެންގެ އަމިއްލަ އުފެއްދުންތައް. އޭގެ ތެރޭގައި އުޅޭނެ ދީނީ ކޮންޓެންޓުތަކާ، ކުރު ވާހަކައާ ޕޮޑްކާސްޓް ވެސް."
ޝަފްނާ ޝަރީފް | ރޭޑީއޯގެ ސީއޯއޯ

ޝަފްނާ އިތުރަށް ބުނީ މި އަޕްޑޭޓުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ގުރުއާނުގެ ސޫރަތްތަކެއް އަންހެން އަޑަކުން ރެކޯޑްކޮށް ހިމަނާފައި ވާނޭ ކަމަށެވެ.

"ސޫރަތުލް ޟުހާއިން ފެށިގެން ނާސި ސޫރަތާ ހަމައަށް ރިކޯޑިން ހަދާފަ ވާނީ މިހާތަނަށް... މުޅި އަންމާ ފޮތް އެއްކޮށް ރިކޯޑް ކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިޔަށްދޭ. ރިކޯޑިންގައި ކިޔަވަނީ އުމުރުން 20 އަހަރުގެ ދިވެހި އަންހެން ކުއްޖެއް..."
ޝަފްނާ ޝަރީފް | ރޭޑީއޯގެ ސީއޯއޯ

ޝަފްނާ އިތުރަށް ބުނީ "ރޭޑިއޯ"ގެ ޓީމުން ދިޔައީ މި ރަމަޟާންމަހުގެ 1 ވަނަ ދުވަހު ބަދަލުތަކާއެކު އެޕްލިކޭޝަން އަލުން ލޯންޗް ކުރުމަށް ތައްޔާރުވަމުން ކަމަށެވެ. އެހެން ނަމަވެސް ދިމާވި ބައެއް ސަބަބުތަކާހުރެ އެކަން ނުކުރެވުނީ ކަމަށާއި އިތުރު ކޮންޓެންޓުތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަފްނާ ވަނީ ބުނެފައެވެ.

Ads by Ooredoo
  1. ްައަހްމަދު

    ކިހިނެތް ތި އެޕްލިކޭށަން ހޯދާނީ ޕްލޭ ސްޓޯރުން؟

    • ރޭޑިއޯ

      ލިޔުންކޮޅުގެ ތިރީގަ އިން ޑައުންލޯޑް ރޭޑިއޯ އެޕް އަށް ފިތާލީމަ އެކަން ވަރަށް ފަސޭހައިން ވާނެ.

  2. މޮހޮނު

    ރޭޑިއޯ އަކީ ހިލޭ އަޑުއަހާލެވޭ އެއްޗަކަށް ވާން ޖެހޭޭ

    އަދި ކޮންމެ ގޮތަކަށް އެޕްލިކޭޝަން ފަރުމާ ކުރެއްވި ކަމުގައި ވިޔަސް. ނިޝާން ޢިއްޒަތްދީނުގެލަޤަބު ހޯއްދަވާފައިވާ ކުރީގެ ރޭޑިއޯ ޕުރެޒެންޓަރު ބަދުރުންނަސީރުވެސް މި ފަދައިން ވިދާޅުވެފައިވޭ. ޝުކުރިއްޔާ.

  3. ޝާކިރު

    އަނަސްއާގުޅައިލަންބޭނުން