3 ދަރިން “ކަނޑު ފެއްތީ” ނުލަފާ ބައްޕަގެ ކިބައިން އެ ކުދިން ސަލާމަތް ކުރުމަށް

އެމެރިކާގައި ދިރިއުޅެމުންދާ އުމުރުން 30 އަހަރުގެ ލިލިއާނާ ކެރިއްލޯ އޭނާގެ 3 ދަރިން ކަނޑު ފައްތާލީ ނުލަފާ ބައްޕަގެ ކިބައިން އެ ކުދިން ސަލާމަތް ކުރުމަށް ކަމަށް ބުނެފިއެވެ.
މި މައްސަލައިގެ ތަހުގީގަށް ޖަލުގައި ބަންދު ކޮށްފައިވާ ލިލިއާނާ ވަނީ ކަން ހިނގައިދިޔަ ގޮތް ފުލުހުންނާ ހިއްސާ ކޮށްފައެވެ.
އޭނާގެ ތިން ދަރިން ކަމުގައިވާ ވައިލް ޖޯނާ، އެމުރުން 3 އަހަރު، ޓެނީ އުމުރުން 2 އަހަރު އަދި ސިއެރާގެ އުމުރަކީ އެންމެ 6 މަހެވެ. އެމީހުން ދިރިއުޅެމުން އައީ ލޮސް އޭންޖްލްސް ގައި އެޕާޓްމެންޓެއް ނަގައިގެންނެވެ. އެ ތިން ކުދިންގެ ހަށިގަނޑު ވެސް ފެނިފައި ވަނީ އެމީހުން ދިރިއުޅުނު އެޕާޓްމެންޓުގެ ތެރެއިންނެވެ.
އޭނާ ބުނީ ކުދިން ކަނޑު ފައްތާލީ އެކުދިންގެ ބައްޕަގެ ކިބައިން ސަލާމަތް ކޮށްދިނުމުގެ ގޮތުން ކަމަށެވެ. “ކަނޑު ފައްތާލީ، ކުރި ގޮތް ކިޔައިދޭކަށް ނޭނގެ” ލިލިއާނާ ކިޔައިދިނެވެ.
އުމުރު ދުވަހު ޖަލުގައި ހޭދަކުރަން ޖެހޭނެކަން ޕޮލިހުން ބުނުމުން އޭނާ ބުނީ ކުދިންނަށް އެހެން ނުހެދުނު ނަމަ މާ ރަނގަޅުވީސް ކަމަށެވެ. އެހެންނަމަވެސް ނުލަފާ ބައްޕައެއްގެ އަނިޔާގެ ޝިކާރަޔަކަށްވެ މުޅި އުމުރު އެ ކުދިން އެހެން ހޭދަކުރަން ޖެހިދާނެކަމަށް ޓަކައި މާ ދެރަވި ކަމަށެވެ.
ދަރިންނާއެކު އޭނާވެސް މަރުވާން ބޭނުންވި ކަމަށާއި ނަމަވެސް އެކަން ނުކުރެވި ހުއްޓާ ޕޮލިހުންނަށް ފެނުނީ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.