ޚަބަރު

އެމްޑީޕީން ނިޒާމް ބަދަލު ކުރަން އުޅުނު ކޮންމެ ފަހަރަކު ވީ ފެއިލް: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

ރައީސް ޔާމީން ބައިވެރިވާ އިންތިޚާބެއް ބާއްވަންވެއްޖެކަން ސަރުކާރާއި ރައީސް ނަޝީދުގެ ޢަމަލުން ކަށަވަރުވެއްޖެ ކަމަށާއި ރައީސްކަން ނުވަތަ ބޮޑުވަޒީރުކުރަން ފުރުސަތެއް އެމްޑީޕީއަކަށް ނެތް ކަމަށް ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަކި މީހަކު ބޮޑުވަޒީރުކަން ނުވަތަ ރަސްކަންކުރަން ޖާގައެއް ނެތް ކަމަށެވެ. ޖަމީލް މިހެން ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ޖަމީލް ވިދާޅުވީ އެމްޑީޕީ ފެއިލް ވެފައިވާކަމަށެވެ. އަދި ރައްޔިތުން ނިންމި ނިޒާމްގައި ވެރިކަންކުރަން ދެ ފުރުޞަތެއް އެމްޑީޕީއަށް ލިބުނު ނަމަވެސް ކާމިޔާބު ނުވި ކަމަށާއި ރައީސް އިސްތިއުފާ ދެއްވުމަށް ފަހު ރައީސް ޔާމީން ބައިވެރިވާ އިންތިޚާބެއް ބާއްވަން ވެއްޖެކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށާއި ރައީސުލް ޖުމްހޫރިއްޔާއަކީ ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ބޭފުޅަކަށް ވާން އެދިވަޑައިގަންނަވާ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސްއާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!