ޚަބަރު

7 ރަށަކުން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ ޕީސީއާރ ޓެސްޓާއެކު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) %5 އަށް ވުރެ މަތީ ރަށްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިޢުލާންކޮށްފިއެވެ.

Ads by Sosun Fihaara

އެރަށްތަކަކީ؛

  • ގްރޭޓަރ މާލޭ އޭރިއާ
  • ބ.މާޅޮސް
  • ޅ.ނައިފަރު
  • ކ. ހުރާ
  • އދ.މާމިގިލި

އެޗްޕީއޭއިން އާއްމު ކޮށްފައިވާ އުސޫލުގެ ދަށުން އާބާދީގެ 60% މީހުންނަށް ކޮވިޑް-19ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާ ވެފައިވާ ފަރާތްތަކައް ކަރަންޓީން ވުމަކާ ނުލައި ދަތުރު ކުރެވޭނެއެވެ. ނަމަވެސް ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) %5އަށް ވުރެ މަތި ރަށަކުން އެ ނޫން ރަށަކަށް ދަތުރު ކުރާނަމަ ނައްސި (ނެގެޓިވް) ޕީސީއާރއެއް އޮންނަން ޖެހެއެވެ. އަދި ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، އެކުދިންގެ އަތުގައި ވެސް ޕީ.ސީ.އާރ ނެގެޓިވް ޓެސްޓެއް އޮންނަން ޖެހެއެވެ.

އާބާދީގެ 60% މީހުންނަށް ކޮވިޑް -19ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައި ވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ހުރިހާ ފަރާތްތަކަށް ދަތުރު ކުރެވޭނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވީނަމަވެސް، އަދި މިހާތަނަށް އެއްވެސް ރަށެއްގައި އާބާދީގެ 60 އިންސައްތަ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދީފައިނުވާ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!