ދީން

މައްޔިތާގެ މޫނު ބެލުމުގެ ހުކުމަކީ ކޮބާ؟

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

Ads by STELCO

މަރު އިޢްލާން ކުރުން:

މަރުވެފައިވާ މީހެއްގެ މަރު އިޢްލާން ކުރުމަށް ޢަރަބި ބަހުގައި ކިޔޭ ނަމަކީ "ނަޢްޔު" އެވެ. އިމާމް ތިރްމިޛީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ޢަރަބިން "ނަޢްޔު" ބޭނުން ކުރާ ގޮތަކީ މީހެއްގެ މަރު އިޢްލާންކުރުމެވެ. އަދި އެމީހެއްގެ ޖަނާޒާގައި ބައިވެރިވުމަށް އެދުމެވެ.

އިބްނުލް އަޘީރު "އައްނިހާޔާ ފީ ޣަރީބިލް ޙަދީޘް" އޭ ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. "ނަޢްޔުލް މައްޔިތި" ނުވަތަ މައްޔިތާ ނަޢްޔު ކުރުމަކީ އޭނާގެ މަރުގެ ޚަބަރު އިޢްލާން ކުރުމެވެ.

އިބްނު ޢާބިދީން އެކަލޭގެފާނުގެ "ޙާޝިޔާ" ގައި ލިޔުއްވާފައިވެއެވެ. "ނަޢްޔު" އަކީ މީހެއްގެ މަރުގެ ޚަބަރު އިޢްލާން ކުރުމެވެ.

މީހެއްގެ މަރުގެ ޚަބަރު ރޭޑިޔޯ ޓީވީންނާއި ނޫސް މަޖައްލާތަކުގައި އިޢްލާން ކުރުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ ސަޢޫދީ ޢަރަބިއްޔާގެ ފަތްވާ ކޮމެޓީގެ ބޭފުޅެއް ކަމުގައިވާ ޞާލިޙުލް ފައުޒާން- ޙަފިޡަހުﷲ- އާއި ސުވާލު ކުރެވުމުން ވިދާޅުވެފައިވެއެވެ.

"ރަގަޅު ނިޔަތެއްގައި މިކަން ކުރުމަކީ ދީން މަނާ ކުރާ ކަމެއް ނޫނެވެ. އެގޮތަކީ އެމީހެއްގެ މަރުގެ ޚަބަރު މީސްތަކުންނަށް ލިބި، އެމީހަކަށް އަލްވަދާޢު ކިޔާ ޖަނާޒާގައި ބައިވެރިވެ، ހެޔޮދުޢާ ކޮށްދިނުމަށް މީސްތަކުން އައުމެވެ. އަދި މައްޔިތާގެ ފަރާތުން މީހަކަށް ދޭންވެފައިވާ ދަރަންޔެއް އޮތްނަމަ ނުވަތަ މީހަކު މައްޔިތާ އަށް ދޭން ޖެހިފައިވާ ދަރަންޏެއް އޮތްނަމަ އެކަމެއް ނިންމުމެވެ. އެހެންނަމަވެސް، މިގޮތަށް މަރު އިޢްލާން ކުރުމުގައި ނޫހުގެ އެއްޞަފްޙާ އެއްކޮށް ގަނެ، މިނޫންވެސް އިސްރާފުގެ ތެރެއަށް ވަންނަ ގޮތަށް މިކަން ކުރުމަކީ ހުއްދަވެގެންވާ ކަންތަކެއް ނޫނެވެ.

މައްޔިތާގެ މޫނު ބެލުމުގެ ޙުކުމް:

މައްޔިތާގެ މޫނުބެލުން ހުއްދަވެގެންވާ މީހުން އެކަން ކުރުމަކީ ހުއްދަ ކަމެކެވެ. މާނައަކީ ފިރިހެނުން ފިރިހެނުންގެ މޫނު ބެލުމެވެ. އަދި އަންހެނުން އަންހެނުންގެ މޫނު ބެލުމެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފިރިހެނަކު ހިލޭ އަންހެނެއްގެ މޫނު އޭނާ ދިރިހުއްޓާ ވެސް އަދި މަރުވެފައި ވަނިކޮށް ވެސް ބަލައިގެން ނުވާނެއެވެ. ހަމައެފަދައިން އަންހެނަކު ހިލޭ ފިރިހެނެއްގެ މޫނު ދިރިހުއްޓާ ވެސް އަދި މަރުވެފައި ވަނިކޮށް ވެސް ބަލައިގެން ނުވާނެއެވެ. މައްޔިތާގެ މޫނު ބަލާފައި އޭނާ އަށް ބޮސްދީ ހެދުމަކީ ސުންނަތުން ޘާބިތުވާ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!