ވިޔަފާރި

ސްޓެލްކޯ ފެން ޕްރޮމޯޝަން: ދިހަ ކޭސް ގަތުމުން އެއް ކޭސް ހިލޭ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓެލްކޯއިން ދިހަ ކޭސް ފެން ގަތުމުން އެއް ކޭސް ފެން ހިލޭ ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara
ސްޓެލްކޯއިން ބުނީ ދިހަ ކޭހަށް ވުރެ ގިނައިން އޯޑަރު ކުރުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އެންމެ އަގު ހެޔޮ އަދި އެންމެ ކޮލިޓީ ފެން ސްޓެލްކޯއިން އާންމުންނާއި ހަމަޔަށް ގެނެސްދޭއިރު މި ޕްރޮމޯޝަންގެ ދަށުން ފެން ކޭސް އޯޑަރު ކޮށްލަން ބޭނުންވާ ފަރާތްތަކުން 9110888 އަށް ވައިބާ ކޮށްލުމަށް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯއިން އުފައްދާ ފަސް ލީޓަރުގެ ފެން ކޭހެއްގެ އަގަކީ 48 ރުފިޔާއެވެ. މި ފެނަކީ ރާއްޖޭގެ މާކެޓުގައި މިވަގުތު ލިބެން ހުރި އެންމެ އަގުހެޔޮ ފެނެވެ.
ހިލޭ ޑެލިވަރީ ކޮށްދޭއިރު މީގެ ކުރިން ގޭ ތިރިއާ ހަމައަށް ފެން ޑެލިވަރީ ކޮށްދިން ނަމަވެސް، މިހާރު ސްޓެލްކޯއިން ދަނީ އެ އެޕާޓްމެންޓެއްގެ ދޮރާ ހަމައަށް ފެން ކޭސްތައް ގެންގޮސްދެމުންނެވެ.

ރޯދަމަހަކީ އާންމުކޮށް ހުރިހާ ގެއެއްގައި ވެސް ގިނައިން ފެން ގިނައިން ބޭނުން ކުރެވޭ މައްސަރެކެވެ. އަގުހެޔޮ އަދި އެންމެ ކޮލިޓީ ފެން ބައްލަވައިގަތުމަށް މި ޕްރޮމޯޝަންގެ ދަށުން ފެން އޯޑަރު ކޮށްލައްވާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!