އެކަކަށް ވެކްސިންގެ ދެވައްތަރެއްގެ ދެ ޑޯޒް ޖެހި މައްސަލައެއް!

ކޮވިޑް-19އިން ރައްކާތެރިވުމަށް، މީހެއްގެ ގަޔަށް ދެ ވައްތަރެއްގެ ދެ ޑޯޒް ވެކްސިން ޖެހި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެ މީހާގެ ވެކްސިން ކާޑުގެ ފޮޓޯއެއް މިހާރު މީސްމީޑިއާ ގައި އަންނަނީ ދައުރުވަމުންނެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި، ވެކްސިން ދީފައި ވަނީ ފިރިހެން ބޭފުޅަކަށެވެ. އޭނާއަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވަނީ މިދިޔަ މަހުގެ 22ގައި، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުންނެވެ. އެދުވަހު އޭނާގެ ގަޔަށް ޖަހާފައިވަނީ ސިނޮފާމް ވެކްސިނެވެ.
އޭނާ ދެވަނަ ޑޯޒް ޖަހައިފައި ވަނީ އިއްޔެއެވެ. ނަމަވެސް އެ ކާޑުގައި ނޯޓު ކޮށްފައިވާ ގޮތުގައި އޭނާއަށް ދީފައިވަނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒްއެވެ.
[caption id="attachment_81741" align="alignnone" width="600"]<img class="wp-image-81741 size-full" src="https://cdn.dhen.mv/wp-content/uploads/2021/04/photo_2021-04-22-05.30.01.jpeg" alt="" width="600" height="800" /> ދެ ވައްތަރުގެ 2 ޑޯޒް ވެކްސިން ޖެހިކަމަށް ބުނާ މީހާގެ ވެކްސިން ކާޑް[/caption]
އޮންލައިން ނޫހެއް ކަމަށްވާ "އަރިއޮންލައިން" އިން ވެކްސިން ދިން މީހާއާ ހަވާލާދީ ބުނެފައި ވަނީ މިގޮތަށް ވެކްސިން ދީފައިވާކަން އެނގުމުން އެޗްޕީއޭއަށް އެކަން އަންގާފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯދަން "ދެން" އިން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ވާނީ އެއް ވައްތަރެއްގެ ވެކްސިނަކުން ކަމަށް މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވަނީ ވިދާޅުވެފައެވެ.






ކޮމެންޓް