ޚަބަރު

މާލޭ މަގުމަތިން ކޮވިޑް ޓެސްޓް ކޮށްގެން ވެސް ރަށްރަށަށް ދެވޭނެ : އެޗްއީއޯސީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މާލޭގެ އެކި ސަރަޙައްދުތަކުން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ނަގާ ސާމްޕަލްގެ ނަތީޖާއިން ރަށްރަށަށް ދަތުރު ކުރެވޭނެ ކަމަށް އެޗްއީއޯސީ އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެޗްއީއޯސީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ތަސްލީމާ އުސްމާން މިއަދު ވިދާޅުވީ އަގެއް ނުނަގާ ޕީސީއާރު ޓެސްޓު ހަދައިގެން ރަށްރަށަށް ދެވޭނެކަމަށެވެ.

"އެ ފަރާތްތައް ދާން ޖެހޭނީ ސާމްޕްލިންގް ސެންޓަރަކަށް ޓެސްޓުކުރަން. އެތަންތަނުން ނަގާ ޓެސްޓުގެ ނަތީޖާ ބޭނުންކުރެވޭނެ. އެކަމަކަށް އަގެއް ނުނަގާނެ،" ތަސްލީމާ ވިދާޅުވި އެވެ.

އެޗްޕީއޭއިން މީގެ ކުރިން ގެޒެޓް ކޮށްފައިވާ އުސޫލުގައި ބުނެފައި ވަނީ، އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން، އާބާދީގެ 60% މީހުންނަށް ކޮވިޑް -19ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައި ވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ހުރިހާ ފަރާތްތަކަށް ދަތުރު ކުރެވޭނެ ކަމަށެވެ.

އަދި ފަތުރުވެރީން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް ، 2 ހަފުތާ ވެފައިވާނަމަ ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނާކަށް ނުޖެހެއެވެ. އަދި ކަރަންޓީނު ވާކަށް ވެސް ނުޖެހެއެވެ. ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަން ޖެހެއެވެ. އަދި ރާއްޖެ އެތެރެވުމަށް ފަހު ޕީ.ސީ.އާރު ޓެސްޓް ހަދަން ޖެހޭނެކަމަށް އެޗްއީއޯސީން ބުނެއެވެ.

  • ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
  • ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
  • ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
  • ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

ރަށްރަށަށް ދިޔުމުގައި ކޮވިޑް-19 އަށް ޓެސްޓުކުރުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހާމަކުރުމަށް އެޗްއީއޯސީއިން މިއަދު މެންދުރު 1:00 ގައި ޕްރެސްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!