ޚަބަރު

ކޮވިޑް-19: މިއަދު ވެސް ރާއްޖެއިން ފައްސިވީ މީހުންގެ އަދަދު 100 އަށްވުރެ މަތި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އަށް ރާއްޖެއިން މިއަދު އިތުރު 164 މީހުން ފައްސިވެ 129 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 67 މީހުންނާއި، އަތޮޅުތަކުން 68 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 24 މީހުންނާއި ތަރައްޤީކުރާ ރަށްރަށުން 3 މީހަކާއި އަދި އިންޑްސްޓްރިއަލް އައިލެންޑްސްއިން ދެ މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 27،084 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 24،065 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 71 މީހުން ނިޔާވެފައިވެއެވެ.

ރާއްޖޭގައި އަނެއްކާވެސް މި ފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި ޕާކު ތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައިފައެވެ. މީގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެ ސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!