ޚަބަރު ރައްޔިތުންގެ މަޖިލިސް

ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުގެ މައްސަލަތައް އިތުރުވާތީ މަޖިލީހަށް ގަރާރެއް

ރައުފާ ރަޝީދު ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ އެފަދަ މައްސަލަތައް މަދުކުރެވޭނެ ގޮތްތަކެއް ރާވައި ހިންގުމަށާއި، އެފަދަ ހަޑިމުޑުދާރު ޢަމަލުތައް ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

Ads by MWSC

މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ރޭޕްކުރުމާއި ޖިންސީ ގޯނާގެ ބައެއް މައްސަލަތަކުގައި ދަޢުވާ ނުކުރުމާއި، އެފަދަ މައްސަލަތައް ވަކި ހިސާބަކުން އޮއްބާލުމާއި އަމަލުތައް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވުމުގެ ސަބަބުން، ރޭޕްކުރުމާއި ޖިންސީ ގޯނާގެ ޢަމަލުތައް ހިންގުން އިތުރުވަމުންދާތީ، މުޖްތަމަޢުގައި ބިރުވެރިކަމާއި ނާމާންކަން އިތުރުވެފައި ވާކަމަށެވެ.

އަދި މަގުމައްޗަށް ނިކުންނަން ޖެހިލުންވާ ހިސާބަށް ކަންކަން ގޯސްވެފައިވާތީ ރާއްޖޭގައި ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް މަދު ކުރެވޭނެގޮތްތަކެއް ނިޒާމީގޮތެއްގައި ރާވައި ހިންގުމަށާއި، އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންޞާފު ހޯދައިދީ، ޖިންސީ ގޯނާ ކުރުމާއި ރޭޕްކުރުމުގެ ލާއިންސާނީ
ޢަމަލު ހިންގާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުން އަވަސް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!