ދުނިޔެ

އިންޑިއާގައި މަރުވާ މީހުންގެ އިންސައްތަ 89% މައްޗަށް ޖެހިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަލުވިކަމާއެކު އިންޑިއާގައި ފެތުރެމުންދާ ކޮވިޑް-19ގެ ދެވަނަ ރާޅު އިންޑިއާއަށް އަރާފައިވާއިރު އެ ގައުމުގައި މަރުވާ މީހުންގެ އިންސައްތަ 89% މައްޗަށް ޖެހިލައިފިއެވެ.

Ads by WAMCO

އިންޑިއާގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 17،313،163 އަށް އަރާފައެެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދަކީ 195،123 އެވެ. ހާލު ދެރަ 8944 މީހުން އެނދުމަތި ކުރެވި ފަރުވާދެމުންދެއެވެ.

ފާއިތުވެދިޔަ 7 ދުވަހަކީ ކޮވިޑް-19 ފެށުނު ފަހުންް އެންމެ ގިނަ އަދަދަކަށް މީހުން ފައްސިވި ގައުމެއްގެ ގޮތުގައި އިންޑިއާ ވެގެން ދިޔަ ހަފްތާއެކެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކަށް ދިޔައީ ބަލި ޖެހެމުންނެވެ. އިންޑިޔާގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަނާއި ބޭސްފަދަ ތަކެތި ލިބުމުގެ ދަތިކަން އިންތިހާޔަށް ވަނީ އިތުރުވެފައެވެ.

އެޕްރީލް މަހުގެ 18 ވަނަ ދުވަހާއި ހަމަޔަށް އެ ގައުމުން މަރުވި މީހުންގެ އަދަދު 8588 ގައި އުޅޭއިރު، ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި އެ އަދަދު ވަނީ 16،257 އަށް އަރާފައެވެ. މިއީ މިހާތަނަށް އެއްގައުމަކުން އެންމެ ގިނަ މީހުން ކޮވިޑް ބަލީގައި މަރުވެގެން ދިޔަ ހަފްތާއެވެ.

އިންޑިޔާގެ ޙާލަތު ގޯސްވީ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ދޫތަކެއް ދިނުމުންކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ލުއި ދީ ބޮޑެތި އެއްވުންތައް ބޭއްވުމަށް ހުއްދަ ދިނުމާ އެކު ފާއިތުވި ހަފުތާތަކުގެ ތެރޭގައި ސިޔާސީ އަދި ދީނީ ގިނަ އެއްވުންތަކެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބާއްވައިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!