ޚަބަރު

ރެޕް އާޓިސްޓު ޕެސްޓުގެ މައްޗަށް ފަސް ދައުވާއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިފްހާމް މުޙައްމަދު (ޕެސްޓު)، ފޮޓޯ: މީސް މީޑިއާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ރާއްޖޭގެ މަޝްހޫރު ރެޕް އާޓިސްޓު އިފްހާމް މުހައްމަދު (ޕެސްޓު) ގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފިއެވެ.

Ads by MWSC

އެ ދައުވާތަކަކީ:

  • ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި
  • ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއާއި
  • ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި
  • މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ، އިތުރުން
  • ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އިފްހާމް (ޕެސްޓު) ގެ މައްޗަށް ދައުވާ ކުރަން ފޮރުނީ މިދިޔަ ބުރާސްފަތި ދުވަހެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ ޕެސްޓަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ޕެސްޓް ހައްޔަރުކުރީ 2.5 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކުއެވެ. އޭނާ ހިމެނޭ ގޮތަށް ޖުމްލަ ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ. ޕެސްޓާއެކު މި މައްސަލައިގައި ދެން ހިމެނޭ ހަތަރު މީހުންނަށް ވެސް ދައުވާ ކުރަން ފޮނުވައިފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ލ. ގަން/ތުނޑި، ހަނދުވަރީހިޔާ، އަޙްމަދު ޝަމްޢޫން އާއި ލ. ގަން/ތުނޑި، ރޯޝަންހިޔާ، އަޙްމަދު ޙުސާމް އާއި ޏ. ފުވައްމުލައް/ދިނގުވާނޑު، ނައި، އިސްމާޢީލް އިފްހާމް މުޙައްމަދު އާއި ލ. ގަން/ތުނޑި، އަބަދަށްއުފާ، މުޙައްމަދު ސުޢައިދު އާއި ކ. މާލެ/ މ.އަސަރީހަދާން، ޢާއިޝަތު ޙަސްނާ ނާހިދުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!