އާރްޑީސީގެ އޮފީސް ފަޅައިލި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ އޮފީސް ހަފުތާއެއްގެ ތެރޭގައި ދެ ފަހަރަށް ފަޅައިލައި ފައިސާތަކެއް ވަގަށް ނެގި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މީހަކާއި 31 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ.
އާރްޑީސީ އޮފީސް ފަޅައިލައިފައި ވަނީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ އެ އޮފީހުން 100،000އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފައިވާ ކަމަށެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އެ ތިން މީހުންގެ ބަންދަށް ވެސް 10 ދުވަސް ވަނީ ދީފައެވެ.