އޭދަފުއްޓާއި މާފުށީގެ ފައްސި ނަމްބަރުތައް 337 އަށް!

ބ. އޭދަފުއްޓާއި ކ.މާފުށީން ކޮވިޑް19އަށް ފައްސިވީ އަދަދު 337އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭދަފުށީން 123 ، އަދި މާފުށިން 214 މީހަކު މިހައިތަނަށް ފައްސިވެފައި ވެއެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު އޭދަފުށިން ކޮވިޑަށް ފައްސި ވެފައި ވަނީ 30 މީހުންނެވެ.
އޭދަފުށީ ސިއްޙީ މަރުކަޒުން ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު އެ ރަށުން މިހާތަނަށް ނެގި 871 ސާމްޕަލްގެ ތެރެއިން 707 ސާމްޕަލްގެ ނަތީޖާ ވަނީ ނައްސި ވެފައެވެ. އަދި 41 މީހެއްގެ ނަތީޖާ އަދި ނުލިބެއެވެ.
މާފުށިން މިއަދު ފައްސި ވެފައިވަނީ 62 މީހެކެވެ.
މުޅި ރާއްޖޭގެ އަދަދުތަކަށް ބަލާއިރު މިއަދު މުޅިއަކު 386 މީހުން ވަނީ ކޮވިޑަށް ފައްސި ވެފައެވެ.