ރެސިޕީ

ދެން ރެސިޕީ | ޕާސްތާ ބޮލޮގޮނީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޮލޮގޮނައިޒަށް ބޭނުންވާތަކެތި:

4 ސަމުސާ ތެޔޮ

Ads by WAMCO

1 ފިޔާ ކުދިކޮށް ކޮށާފަ

4 ލޮނުމެދު ޗިސްކޮށްފަ

1 ކިލޯ ބީފް ކުދިކޮށް ކޮށާފަ

1 ދަޅު ޓޮމާޓޯ

1 ދަޅު ޕީލްޑް ޓޮމާޓޯ

3/1 ޖޯޑު ފެން

ޕާސްތާއަށް ބޭނުންވާތަކެތި:

250 ގ ޕާސްތާ

2 މޭޒުމަތީ ސަމުސާ ފުށް

2 ސަމުސާ ތެޔޮ

500 މލ ކިރު

200ގ އަދި 75ގ ޗެޑާރ ޗީޒް

200ގ އަދި 75ގ މޮޒޮރެއްލާ

ލޮނު

އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޕާސްތާ ތައްޔާރުކޮށްލުމަށް ތަވާއަށް ތެޔޮ، ލޮނު، އަސޭމިރުސް އެޅުމަށްފަހު އޭގެތެރެއަށް ފުށްކޮޅު އަޅައި އެއްކޮށްލާށެވެ. އެއަށްފަހު ކިރުކޮޅު އަޅާ އެއްކޮށްލުމަށް ފަހު 200 ގ ގެ ޗެޑާއާއި މޮޒޮރެއްލާ އަޅާ އެއްކޮށްލާށެވެ. ޗީޒްތަށް އެއްކޮށް ވިރުމުން އޭގެ ތެރެއަށް ޕާސްތާކޮޅު އަޅާ އެއްކޮށް މަޑުވުމުން އުނދުން މަތިން ބާލާށެވެ.

އެއަށްފަހު އެހެން ތަވާއެއްގައި ބޮލޮގޮނައިޒް ތައްޔާރުކޮށްލުމަށް ތެޔޮ ކޮޅު އަޅައި ހޫނުވުމުން ފިޔާ، ލޮނުމެދު އަޅާ ފިޔާކޮޅު ރަތް ވަންދެން ކައްކާލާށެވެ. އެއަށްފަހު ބީފްކޮޅު އަޅާއެއްކޮށް ރޯފިލުމުން ލޮނު، ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފެން އަދި ޕީލްޑް ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއްކޮށް ކެކިގަތުމުން ބާކީ ހުރި 75 ގ ގެ މޮޒޮރެއްލާ ކޮޅު ތައްޔާރުކުރެވުނު ބޮލޮގޮނައިޒް މައްޗަށް އަޅައި އެއްކޮށް ވިރުމުން ކުރިން ތައްޔާރު ކުރި ޕާސްތާ ކޮޅު އޭގެ މައްޗަށް އަޅާށެވެ. އަދި އެއަށްފަހު ބާ ކީހުރި ޗެޑާ ޗީޒްތައް މައްޗަށް އެޅުމަށް ފަހު 15 މިނެޓް ވަންދެން 220 ސެލްސިއަސްގައި އަވަނުންގައި ފިހެލުމުން ޕާސްތާ ބޮލޮގޮނައިޒް ތައްޔާރު ކުރެވުނީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!