ރެސިޕީ

ދެން ރެސިޕީ | އާމަންޑް ބަނާނާ ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

¼ 1 ޖޯޑު ފުށް

Ads by WAMCO

¾ މޭޒުމަތީ ސަމުސާ ބޭކިންގް ޕައުޑަރު

½ މޭޒުމަތީ ސަމުސާ ބޭކިންގް ސޯޑާ

¼ މޭޒުމަތީ ސަމުސާ ލޮނު

¼ ޖޯޑު ބަޓަރު

¾ ޖޯޑު ޕައުޑާޑް ޝުގަރ

1 ބިސް

5 މޭޒުމަތީ ސަމުސާ ޔޯގަޓް

1 މެޒުމަތީ ސަމުސާ ވެނީލާ އެސެންސް

2 ދޮންކެޔޮ (ޗަސް ކޮށްފައި)

2 މޭޒުމަތީ ސަމުސާ އަލްމަންޑް (ކޮށާފައި)

ތައްޔާރުކުރާނެ ގޮތް:

އަވަން 190 ޑިގްރީ ސެލްސިއަސްގައި ހޫނުކުރަން ޖެއްސުމަށް ފަހު ކޭކް އަޅާ ޓްރޭގައި ބަޓަރު ކޮޅެއް ހާކާލާށެވެ. އަދި ކުޑަ ފުށްކޮޅެއް މި ޓްރޭގެ ތެރެއަށް ބުރުވާލާށެވެ.

ތައްޓަކަށް ފުށް، ބޭކިންގް ޕައުޑަރު، ބޭކިންގް ސޯޑަރ އަަދި ލޮނު ފުރާނާލުމަށް ފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.

އިތުރު ތައްޓަކަށް ބަޓަރު އަދި ޕައުޑާޑް ޝުގަރ އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި މީގެ ތެރެއަށް ބިސް އަޅައި އެއްކޮށްލުމަށް ފަހު، ޔޯގަޓް ކޮޅު އަޅައި އަނެއްކާ ވެސް ރަނގަޅަށް އެެއްކޮށްލާށެވެ.

ދެން މި ތައްޓަށް ކުރިން އެއްކުރި ފުށް މިކްސް އަދި ޗަސްކޮށްފައި ހުރި ދޮންކެޔޮ މަޑުމަޑުން އެއްކުރަމުން ގެންދާށެވެ. މިހެން އެއްކުރަމުން ދާއިރު ކޮންމެ ބާވަތެއްގެ ވެސް އެތިކޮޅެއް އަޅަމުން ސަމުސަލަކުން ގިރަމުން ދާން ހަނދާން ކުރަންވާނެއެވެ.

ކުރިން ތައްޔާރުކުރި ޓްރޭއަށް މި މިކްސް އެޅުމަށް ފަހު މީގެ މައްޗަށް ކޮށާފައިހުރި އަލްމަންޑްކޮޅު ބުރުވާލާށެވެ. އަދި 35-40 މިނެޓްވަންދެން އަވަންގައި ފިހެލާށެވެ.

ރަނގަޅަށް ފިހުނުތޯ ބެލުމަށް ކޭކްގެ މެދަށް ޓޫތްޕިކެއް ހެރުމުން އޭގައި ނުހޭކޭނަމަ އެހެރީ ފިހެވިފައެވެ. ކޭކް ފިހެވުމުން 30 ވަރަކަށް މިނެޓް ހިހޫ ކުރުމަށް ފަހު އެހެރީ ކެއުމަށް ތައްޔާރުވެފައެވެ. ގަރނިޝްކޮށްލުމުގެ ގޮތުން މައްޗަށް ޗޮކްލެޓް އަދި ދޮންކެޔޮ ސްލައިސްކޮށް ކޮށާފައި ފަތުރާ ލެވިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!