ޚަބަރު

މަސައްކަތްތެރިންގެ ޙައްޤުގައި އެމްޑީޕީން އަބަދުވެސް ވަކާލާތުކުރާނެ: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން
ރަށްވެހި ފަތިސް ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރަށްވެހި ފަތިސް

މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް ވެރިކަންކުރާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގައި ނަޝީދު ވަނީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކޮށްފައެވެ. ނަޝީދު ވިދާޅުވީ މަސައްކަތްތެރިންގެ އުޖޫރައާއި ޓޫރިޒަމް ދާއިރާގެ ސާވިސް ޗާޖް ކަށަވަރުކޮށްދޭނެ ކަމަށެވެ.

“މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ! މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރާނެ. އެގޮތުން ފަތުރުވެރިކަމުން ލިބިދޭންޖެހޭ ސާވިސް ޗާޖް މިހާރު އެ ވަނީ ކަށަވަރު ކުރެވިފައި. އަދި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ. އުފާވެރި ދުވަހަކަށް އެދެން” ނަޝީދު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މޭޑޭ ނުވަތަ މޭ މަހުގެ 1 ވަނަ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ވެސް ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. ރައީސް ކުރެއްވި ޓުވީޓުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!