ރެސިޕީ

ދެން ރެސިޕީ | އޯރިއޯ ޕުޑިން

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

2 ޕެކެޓް އޯރިއޯ ބިސްކޯދު

Ads by WAMCO

½ ޖޯޑު ކޯންފްލާރ

½ ޖޯޑު ހަކުރު

½ ޖޯޑު އަންސޯލްޓަޑް ބަޓަރު

6 ބިހުގެ ގޮބޮޅި

2 ޖޯޑު ދިޔާ ކިރު

2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރު

2 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ކޮންޓެއިނަރެއްގައި ހަކުރު، ކިރު އަދި ކޯންފްލާރ ރަނގަޅަށް އެއްކޮށްލާާށެވެ. ބިހުގެ ގޮބޮޅިތައް ރަނގަޅަށް ގިރާލުމަށް ފަހު މިމިކުސްގެ ތެރެއަށް އެއްކޮށްލާށެވެ.

އުނދުން މައްޗަށް ތަވައެއް އުދައި، މިމިކުސް މަޑު ގިނީގައި ދޭފަތަކުން ހަލަމުން ކައްކާލާށެވެ. މި މިކުސް ކެކުމުން އުނދުން މަތިން ބޭލުމަށްފަހު މީގެ ތެރެއަށް ބަޓަރު އަދި އެސެންސް ކޮޅު އަޅައިލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

ރަނގަޅަށް އެއްވުމުން މި މިކްސްގެ މަތި ބަންދުކުރުމަށް ފަހު ފިނިކުރުމަށް ފްރިޖްގައި 3 ގަޑިއިރު ބަހައްޓާލާށެވެ.

ޓްރޭއެއްގެ ފޫ ފޮރުވޭވަރަށް އޯރިއޯ ބިސްކޯދުތައް އަތުރާލާށެވެ. އަދި މި ބިސްކޯދުތަކުގެ މައްޗަށް ދިޔާ ކިރުކޮޅެއް ބުރުވާލުމަށްފަހު ބިސްކޯދުތައް ކުޑަކޮށް ފޯކޮށްލާށެވެ. އެއަށްފަހު ކޮކޯ ޕައުޑަރު ކޮޅެއް މި ބިސްކޯދުތަކުގެ މައްޗަށް ބުރުވާލުމަށް ފަހު ފިނިކުރަން ފްރިޖަށް ލީ ކްރީމްގަނޑު މި ބިސްކޯދުތަކުގެ މަތީގައި ފަތުރާލާށެވެ.

އިތުރު ފުރިހަމަކަމެއް ގެނައުމަށް އޯރިއޯ ބިސްކޯދުކޮޅެއް ފުނޑު ކޮށްލުމަށް ފަހު މި ކުރީމްގަނޑުގެ މައްޗަށް ބުރުވާލާށެވެ. ބޭނުންނަމަ އޯރިއޯ ލޭޔާރ ވެސް ހެދިދާނެއެވެ. ދެން އެހެރީ ތައްޔާރުވެ ނިމިފައެވެ. ފިނިކޮށްލައިގެން ކާލަން ވަރަށް މީރު ވާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!