ރެސިޕީ

ދެން ރެސިޕީ | ނަޓެއްލާ ރޯލްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

8 ފޮތިފާން

Ads by Sosun Fihaara

4 ބިސް

2ޖޯޑު ކިރު (ފުލްކްރީމް)

1 ސަމްސާވެނީލާ އެސެންސް

1 ފުޅި ނަޓެއްލާ

ހަކުރު

ސިނަމަން ޕްއުޑަރ

ތައްޔާރުކުރާނެ ގޮތް:

އެންމެފުރަތަމަ ފުން ތައްޓަކަށް ބިސް، ކިރު އަދި އެސެންސް އެޅުމަށް ފަހު ރަނގަޅަށް ގިރައިލާށެވެ. ދެންފާން ފޮތި ތަކުގައި ނަޓެއްލާ ހާކާލުމަށް ފަހު ރޯލެއްގޮތަށް އޮޅައިލާށެވެ. ދެން ތައްޔާރުކޮށްފައިވާ ކިރުގެ ތެރެއަށް ރޯލް ލުމަށްފަހު ފޯކޮށްފައި ޓްރޭގައި އަތުރާށެވެ. ހުރިހާ ޕާންފޮތިތައް ހުސްވަންދެން މިގޮތަށް ހެދުމަށް ފަހު ޓްރޭގައި އަތުރައި ނިމުމުން ބާކީ ހުރި ކިރުތައް ޓްރޭގައި އެތުރި ރޯލްމައްޗަށް އަޅާލާށެވެ. އެއަށްފަހު 2ގަޑި އިރުވަންދެން ފްރިޖްގައި ޓްރޭ ބަހައްޓާށެވެ. ދެން ފްރިޖުން ޓްރޭ ނެގުމަށް ފަހު 30-20 މިނެޓްވަންދެން އަވަނުން ފިހެލާށެވެ.

ހަކުރާއި ސިނަމަން ޕައުޑަރ އެއްކޮށްލާށެވެ. އެއަށްފަހު ރޯލްސްތައް ނަގައި ހަކުރު އަދި ސިނަމަން މިކްސް ތެރެއަށް ލުމަށްފަހު ވަށައިގެން މި މިކްސް ބުރުވާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!