ރެސިޕީ

ދެން ރެސިޕީ | ޗީޒީ ޗިކަން ރޯލްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1 ޖޯޑު ބޯންލެސް ޗިކަން (ފެނުކައްކާ، ކުދިކޮށް ކޮށާފައި)

Ads by WAMCO

2 މޭޒުމަތީ ސަމުސާ މަޔޮނައިސް

½ 1 މޭޒުމަތީ ސަމުސާ އަސޭމިރުސް

¼ މޭޒުމަތީ ސަމުސާ ތެޅި މިރުސް

1 ސައި ސަމުސާ ލޮނުމެދު ޕޭސްޓް

½ މޭޒުމަތީ ސަމުސާ ފިޔާ (ޗަސްކޮށްފައި ހުރި)

2 މޭޒުމަތީ ސަމުސާ ކެޕްސިކަމް (ކުދިކޮށް ކޮށާފައި)

1 ޖޯޑު މޮޒަރެއްލާ ޗީޒް

ރަހަލާވަރަށް ލޮނު

1 ޖޯޑު ޕާންކުނޑި

1 މޭޒުމަތީ ސަމުސާ މިކްސްޑް ހާރބްސް

10-12 ޕާން ފޮތި

ތައްޔާރުކުރާނެ ގޮތް:

ތަށްޓަކަށް ކުކުޅުކޮޅު، މަޔޮނައިސް، އަސޭމިރުސް، ތެޅި މިރުސް، ލޮނުމެދު، ފިޔާ، ލޮނު، ކެޕްސިކަމް އަދި ޗީޒްކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

އެހެން ތަށްޓެއްގައި ބިސް، މިކްސްޑް ހާރބްސް، ލޮނު އެއްކުރުމަށް ފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ޕާން ފޮތިތަކުގެ ކައިރި ނެގުމަށްފަހު ރޮށި ދަމާ އެއްޗެއް ބޭނުންކޮށްގެން ޕާން ފޮތިތައް ދަމާލާށެވެ. މި ޕާންފޮތީގެ މައްޗަށް ކުރިން ތައްޔާރުކުރި ފިލިންގް އެޅުމަށްފަހު ޕާންފޮތި ރޯލް އެއްވާގޮތަށް އޮޅާލުމަށްފަހު ފެންފޮދެއް ބޭނުންކޮށްގެން ޕާންރޯލްގެ ދެ އަރިމަތި ބައްދާލާށެވެ.

މި ރޯލް ދެން ކުރިން ތައްޔާރުކުރި ބިސް އެއްޗަށް ލުމަށްފަހު ޕާން ކުނޑި އަށްލާށެވެ. ތެލުލަން ބޭނުންނަމަ ރޯލްތަކަށް ރަންމުށިކުލަ އަރަންދެން ތެލުލާން ވާނެއެވެ.

ފިހަން ބޭނުންވާނަމަ ޓްރޭއެއްގައި ރަނގަޅަށް ބަޓަރު ހާކައި ރޯލްތައް މިޓްރޭގައި އަތުރާލުމަށްފަހު ރޯލް ތަކުގައި ވެސް ކުޑަ ތެޔޮކޮޅެއްް ނުވަތަ ބަޓަރުކޮޅެއް ހާކާލާށެވެ. އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނުކުރުމަށްފަހު މި ރޯލްތައް 10-12 މިނެޓްވަންދެން އަވަންގައި ފިހެލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!