ދެން ރެސިޕީ | ކަންކުން ބީފް

ބޭނުންވާ ތަކެތި:
4 ޖޯޑު ކަންކުން ފަތް ( ބޮޑެތިކޮށް ކޮށާފައި )
2 ފިޔާ ތުނިކޮށް ކޮށާފައި
3 ލޮނު މެދު ގާނާފައި
2 ޖޯޑު ހުންނަހާ ފުލެޓް ބީފް ހަނި ކޮށް އިންޗިއެއްގެ ދިގު މިނަށް ކޮށާފައި
1 މޭޒުމަތީ ސަމުސާ ފިޝް ސޯސް
4 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
5 ގްރީން ޗިލީ ( ހަނި ދިގަށް ފަޅިކޮށްފައި)
3/1 ސައިސަމުސާ މުގުރި އަސޭ މިރުސް
1 މޭޒުމަތީ ސަމުސާ އޮއިސްޓަރ ސޯސް
ތެޔޮފޮދެއް
ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
ތަވާ އުނދުން މައްޗަށް އުދާލާފައި ތެޔޮފޮދެއް އަޅާލާށެވެ. ހޫނުވީމާ ފިޔާކޮޅާއި މިރުސް ،ލޮނުމެދު، އަސޭމިރުސް، އަދި ފިލެޓް ބީފް އަޅާފައި ބީފް ކޮޅު ރޯފިލަންދެން ހަނާކޮށްލާށެވެ. ބީފް ރޯފިލުމުން ސޯސް ތައް އަޅާފައި ފަތްކޮޅު ވެސް އެއްކޮށްލާށެވެ. ފަތް ކޮޅު ކުޑަކޮށް މޯޅިިވެ ފަތުގައި ރަހަ ހިފުމުން ލޮނު ހެޔޮވަރުކޮށްފައި އުނދުން މަތިން ބާލާށެވެ.