ރެސިޕީ

ދެން ރެސިޕީ | ޗިކަން ޕޮޕާސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

1 ޖޯޑު ކްރީމް ޗީޒް (ވިޕް ކޮށްފައި)

Ads by WAMCO

3 ޖޯޑު މޮޒަރެއްލާ ޗީޒް

2 ޖޯޑު ކުކުޅު (ކުދިކޮށް ކޮށައި ތެއްލާފައި)

½ ޖޯޑު ރެޑް ބެލްޕެޕާ (ކުދިކޮށް ކޮށާފައި)

½ ޖޯޑު ގްރީން ބެލްޕެޕާ (ކުދިކޮށް ކޮށާފައި)

½ ޖޯޑު ބާބަކިއު ސޯސް

2 ބިސް

ފުށްކޮޅެއް

ޕާންކުނޑި

ތައްޔާރުކުރާނެ ގޮތް

ތައްޓެއްގެ ތެރެއަށް ކްރީމް ޗީޒް، މޮޒަރެއްލާ ޗީޒް، ކުކުޅު ކޮޅު، ބެލްޕެޕާ ކޮޅު އަދި ބާބަކިއު ސޯސް އެޅުމަށްފަހު މި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

އަދި ޓްރޭއެއްގައި ބަޓަރު ހޭކުމަށް ފަހު އޭގެ ތެރެއަށް މި ކުކުޅު މަސްގަނޑު އަޅައި ރަނގަޅަށް ފަތުރާލާށެވެ. އެއަށްފަހު ސެޓް ކޮށްލަން ގަޑިއިރެއް ވަންދެން ފުރިޖުގައި ބަހައްޓާށެވެ.

ފުރިޖުން ނެގުމަށްފަހު ވަޅިއަކުން މި މަސްގަނޑު ހަތަރެސްކަން ކިއުބްތަކެއް ގޮތަށް ކަފާލުމަށް ފަހު، ކޮންމެ ކިއުބަކުން ތިނެސްކަން ދެ އެތި ކޮޅު ނެގޭ ގޮތަށް ކަފާލާށެވެ.

އެއަށްފަހު ބިހާއި ފުށް އަދި ފާންކުނޑި ވަކިވަކިން ތިން ތައްޓަށް އަޅާށެވެ. އަދި ކެފި އެތިކޮޅުތައް ފުރަތަމަ ފުށަށް ދެން ބިހަށް އަދި ފާންކުނޑިއަށް ލުމަށްފަހު ބިހާއި ފާންކުނޑީގެ ދެ ކޯޓު ލާށެވެ.

ދެން ތަވައަކަށް ތެޔޮ އެޅުމަށް ފަހު މި އެއްޗެހިތައް ރަން މުށިކުލަ އަރަންދެން ތެއްލާލާށެވެ. ހިހޫވުމުން އެހެރީ ކާން ތައްޔާރުވެފައެވެ. މި ޗިކަން ނާޗޯސްތައް މަޔޮނައިސް ނޫނީ ސޯސްއަކާ ޖައްސާލައިގެން ކާލަން މީރު ވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!