ދެން ރެސިޕީ | ފްރުޓް ކޮކްޓެއިލް ފްލޯޓް

ބޭނުންވާ ތަކެތި:
1 ދަޅު ގެރިކިރު
1 ދަޅު ފުރުޓް ކޮކްޓެއިލް
1 ދަޅު ނެސްލޭ ކްރީމް
1 ޕެކެޓް މާރީ ބިސްކޯދު
½ ޖޯޑު ދިޔާ ކިރު
ތައްޔާރުކުރާނެ ގޮތް:
ތައްޓެއްގެ ތެރޭގައި ނެސްލޭ ކްރީމް އަދި ގެރިކިރު ރަނގަޅަށް އެއްކޮށްލާށެވެ.
ބިސްކޯދުތައް ދިޔާކިރުގައި ފޯކުރުމަށްފަހު ޓްްރޭއެއްގައި އަތުރާލާށެވެ. މީގެ މައްޗަށް ކުރިން ތައްޔާރުކުރި ކްރީމް މިކުސް އެޅުމަށްފަހު މީގެ މައްޗަށް ފުރުޓްކޮޅެއް ބުރުވާލާށެވެ. މިގޮތަށް ބިސްކޯދު ލޭޔާރއެއް، ކްރީމް ލޭޔާރއެއް އަދި ފުރުޓް ލޭޔާރ އަޅަމުން ގެންދާށެވެ. އެންމެ މަތީގައި ހުންނަންވާނީ ފްރުޓްކޮޅެވެ.
ފިނިކޮށްލަން ފްރިޖްގައި 2 ގަޑިއިރު ބަހައްޓާލަން ވާނެއެވެ. މިއީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ މީރު ފޮނިކާއެއްޗެކެވެ.