ރެސިޕީ

ދެން ރެސިޕީ | އޯޓްސް ކުޅި ބޯކިބާ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ލޮނުމެދު އެމްވީ

ބޭނުންވާ ތަކެތި:

1 ޖޯޑު އޯޓްސް

Ads by Sosun Fihaara

1 ޖޯޑު މަޑުކޮށްފަ ހުރި އަލުވި

1 ލުނބޯ

ހިކަނދިފަތް

1 ގިތެޔޮމިރުސް ( ނުވަތަ ބޭނުންވަރަކަށް )

1 މަސްދަޅު

2/1 ޖޯޑު ކާށިހުނި

1 ފިޔާ ކުދިކޮށް ކޮށާފައި

4/1 ސައިސަމުސާ ރީނދޫ

1 ސައިސަމުސާ ގާނާފަ ހުރި އިނގުރު

2 ގާނާފަ ހުރި ލޮނުމެދު

ރަހަލާވަރަށް ލޮނު

1 ސައިސަމުސާ އޮލިވްއޮއިލް

ތައްޔާރުކުރާނެ ގޮތް:

އޯޓްސް މަޑުކޮށްލުމަށް ހޫނުފެން އަޅާފައި 10 ވަރަކަށް މިނެޓް ބަހައްޓާލާށެވެ. ގިތެޔޮ މިރުސް، ކޮށާފައި ހުރި ފިޔާކޮޅު، ހިކަނދިފަތް، ލުނބޯ ހުތް، އިނގުރު، ލޮނުމެދު ލޮނު އަަޅައިގެން ރަނގަޅަށް އަތުން މޮޑެލާށެވެ. އެއަށްފަހު މަސްދަޅު، ހުނި، އަލުވި، ރީނދޫ އަދި މަޑުކުރި އޯޓްސް ކޮޅު އަޅާ ރަނގަޅަށް މޮޑެލާ އެއްކޮށްލާށެވެ. ޓްރޭގައި އޮލިވް އޮއިލް ހާކާލާފައި މޮޑުން ބޯކިބާ މަސްގަނޑު ޓުރޭއަށް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި އަވަނުގެ ހޫނުމިން މަޑުކޮށް ފިހެލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!