ޚަބަރު

ވެމްކޯގެ ޚިދުމަތްދޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ވެމްކޯ މުވައްޒަފުންތަކެއް ކުނި ނަގަނީ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ހަރުކަށި ކުރެވުނު ފިޔަވަޅުތަކުގެ ތެރެއިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ( ވެމްކޯ)ގެ ޚިދުމަތް ދޭ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

Ads by MWSC

މިކަން އަންގައި ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވެމްކޯގެ އޮފީސްތައް މިމަހު 5 ވަަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާ ހަމަޔަށް ބަންދުވާނެ ކަމަށާއި، ނަމަވެސް އެ ކުންފުނިން އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭކަމަށެވެ.

އެގޮތުން ގޭބިސީތަކުން ވެސް މި މުއްދަތުގައި ކުނި ނެރޭ ގަޑިއެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ރޭގަނޑު 22:00 އިން 23:00 އަށެވެ.

ވެމްކޯގެ ކޯޕަރެޓް ހެޑް އޮފީހުން ދެމުން އަންނަ ހިދުމަތުގެ ތެރެއިން ސިޓީ އަދި ރަސްމީ ލިޔެކިޔުންތައް ބަލައިގަތުމުގެ ހިދުމަތް އީމެއިލް (https://jazeera.mv/88589/[email protected]) މެދުވެރިކޮށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވެމްކޯގެ ކަސްޓަމަރ ކެއަރ އިން ފޯރުކޮށްދެމުން އައި ހުރިހާ ޚިދުމަތެއް ވެސް އެ ކުންފުނީގެ ޕޯޓަލްއިން ލިބޭނެ ކަމަށާއި، ބިލަށް ފައިސާ ދެއްކުން ވެސް މި މުއްދަތު ތެރޭގައި ކުރިއަށް ގެންދެވޭނީ އޮންލައިންކޮށް ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ވެމްކޯގެ ކޯލް ސެންޓަރުގެ ރަސްމީ ގަޑި 09:00 ފެށިގެން 15:00 އަށެވެ. ކޯލްސެންޓަރު ބަންދު ކުރެވިފައިވާ ގަޑީގައި މައުލޫމާތު ސާފުކުރެއްވުމަށް 7871666 ނަންބަރުން ވައިބާ މެދުވެރިކޮށް މައުޅޫމާތު ފޯރުކޮށްދެވޭނެ ކަމުގައި އެ ކުންފުނިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!