ރެސިޕީ

ދެން ރެސިޕީ | ސްވިސް ރޯލްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

6 ބިސް
150 ގ. ފުށް
5 ގ. ކޯން ފްލަރ
15 ގ. ބަޓަރ
200 ގ. ހަކުރު
ސައިސަމުސާ ވެނީލާ އެސެންސް

Ads by Sosun Fihaara

ފިލިންގ:

ހަނާކޮށްފައި ހުރި ކެޖޫނަޓްކޮޅެއް
މާމުއި ފޮދެއް
ކްރީމް ކޮޅެއް ވިޕް ކޮށްފައި

ތައްޔާރުކުރާނެ ގޮތް :

ބިހާއި ހަކުރު އެއްކޮށް ގިރައިލާށެވެ. ފުށާއި ކޯންފްލަރ އެއްކޮށް ފުރާނައިލައިފައި ކުރީގެ ބަޔާ އެއްކޮށް މިކްސް ކޮށްލާށެވެ. ބަޓަރކޮޅު ދިޔާ ކޮށްފައި އެވެސް އެއްކޮށްލާށެވެ.އެސެންސް ވެސް އެއްކޮށާށެވެ. .ކުކިންގ ޕޭޕަރ ދިގުޓްރޭ އެއްގައި ފަތުރާ ލާފައި ކޭކްފުށްގަނޑު ތުނިކޮށް ފަތުރާ ލާށެވެ. ( އިންޗި އެއްގެ 3/1 ތުނިކޮށް) އަވަންގައި ފިހެލާށެވެ . ކޭކް ފިހެވުނީމާ ނަގައިފައި ފިއްސަކުން މާމުއި ފޮދެއް ކޭކް މަތީގައި ހާކާލާށެވެ . ވިޕްޑް ކްރީމް ކޮޅެއް ފަތުރާ ލާފައި ހަނާކޮށް ކޮށާފައި ހުރި ކަޖޫނަޓް ކޮޅެއް ބުރުވާލާފައި ކޭކް އޮޅާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!